އިންޑިއާގެ ލައިން އޮފް ކްރެޑިޓުން އިތުރު 4،000 ފްލެޓު އަޅަން ފަށަނީ

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ފެސިޓީގެ ތެރޭން ފްލެޓު އަޅަން 300 މިލިއަން ޑޮލަރު ހަމަޖެހޭނެ ކަމަށް އުންމީދު އެބައޮތެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ފްލެޓްތަކެއް -- ފައިލް ފޮޓޯއެއް

އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ބޭނުންކޮށްގެން އިތުރު 4،000 ފްލެޓު އެޅުމުގެ މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ. 

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ފިސްކަލް ސްޓްރެޓެޖީ ބަޔާނުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށާ އެހެންކަމުން މިވަގުތު ލިބެންހުރި ފަންޑުގެ ބޭނުންކޮށްގެން މިފަދަ މަޝްރޫއުތަކެއް ފެށުމަކީ އެންމެ އިސްކަން ދެއްވާ ކަމެވެ. މިގޮތުން އިންޑިއާއިން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ބޭނުންކޮށްގެން އިތުރު 4،000 ފްލެޓު އަޅަން ނިންމާފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ފެސިލިޓީގެ ތެރޭން ފްލެޓުގެ މަޝްރޫއު ހިންގަން އިތުރު 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ހައުސިން މަޝްރޫ އަށް ލިބޭނެ ކަމަށް އުންމީދު ކުރައްވަ އެވެ. އެހެންވެ އެކަމަށް މަސައްކަތް ކުރައްވަމުންދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

އިންޑިއާގެ މި ފެސިޓީގެ އެހީގައި މިހާރު ވެސް ހުޅުމާލޭގައި 4،000 ފްލެޓު އެޅުމުގެ މަޝްރޫއެއް ކުރިއަށް ގެންދެ އެވެ. އެހީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުކެވެ.  

ހައުސިން މިނިސްޓަރު މިދިޔަ ހަފުތާގައި ރައްޔިތުން މަޖިލީހުގައި ވަނީ މި ދައުރުގައި 80،000 ފްލެޓާއި ހައުސިން ޔުނިޓު އެޅިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.