ވިއްސާރަވެ ފެންބޮޑުވުން؛ އެހީގެ ޓީމުތަކަށް މަޖިލީސް ރައީސް ހިތްވަރު ދެއްވައިފި

ކަމާބެހޭ އިދާރާތަކުން ވަނީ ފެންހިންދުމާއި އެ ނޫންވެސް ރައްޔިތުންނަށް ދިމާވެދާނެ ދަތިތައް ހައްލު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅާފަ އެވެ.

ގުރޭޓާ މާލޭގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފާއި ދިވެހި ފުލުހުންނާ ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކުރަމުންގެންދާ މަސައްކަތް ދެނެގަނެ މަސައްކަތުގައި އަމަލީގޮތުން މަސައްކަތް ކުރައްވާ ބައެއް ޓީމްތަކާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައްދަލު ކުރައްވާ ހިއްވަރު ދެއްވައިފި އެވެ.

ދެ ދުވަހެއް ކުރީން ފެށިގެން މުޅި ރާއްޖެއަށް ދަނީ ވިއްސާރަ ކުރަމުންނެވެ. މިއަދު މާލެ ސަރަހައްދަށް މެދުކެނޑުމެއްނެތި ދަނީ ވިއްސާރަ ކުރަމުންނެވެ. ބައެއް ވަގުތުތަކުގައި ވަރަށް ބޯކޮށް ވާރޭވެހުނެވެ. އެކަމާއި ގުޅިގެން މުޅި މާލެ ވަނީ ފެނު އަޑީގަ އެވެ. ބައެއް ސަރަހައްދުތަކުގައި ވަރަށް އުސްކޮށް ފެން ބޮޑުވި އެވެ.

ކަމާބެހޭ އިދާރާތަކުން ވަނީ ފެންހިންދުމާއި އެ ނޫންވެސް ރައްޔިތުންނަށް ދިމާވެދާނެ ދަތިތައް ހައްލު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅާފަ އެވެ.

އެގޮތުން ފެންވަނުން ހުއްޓުވަން ވެލިބަސްތާ ޖެހުމާއި ދިރިނޫޅެވޭވަރަށް ގެއްލުންވި ގެތަކުގެ މީހުން ވަގުތީ ގޮތުން އެހެން ތަންތަނަށް ބަދަލުކުރުން ހިމެނެ އެވެ.

މާލޭގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފާއި ދިވެހި ފުލުހުންނާ ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކުރަމުންގެންދާ މަސައްކަތް ދެނެގަނެ މަސައްކަތުގައި އަމަލީގޮތުން މަސައްކަތް ކުރައްވާ ބައެއް ޓީމްތަކާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައްދަލު ކުރައްވާ ހިއްވަރު ދެއްވާފަ އެވެ.

ހާއްސަކޮން ސުޓެލްކޯ އެމްޑީއާއި ސުޓެލްކޯގެ މެނޭމަންޓާއި ބައެއްއިސް ވެރިންނާ ބައްދަލް ކުރައްވާ ހިތްވަރު ދެއްވި އެވެ.

މިހާރު ކުރަމުންދާ ވިއްސާރާ ގައި މާލޭ ސިޓީގެ ގިނަ ގެތަކަކަށް ފެންވަދެ ގެއްލުންވެގެން ރިޕޯޓް ކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުންޏެވެ.

އެންޑީއެމްއޭ އިން ބުނީ މާލޭގެ 252 ގެއަކަށް ފެންވަދެ ގެއްލުން ވެގެން ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި ތިން ގޭބީސީއެއްގެ މީހުން އެހެން ތަނަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އެއީ އެތަންތަނުގައި ދިރިނޫޅެވޭ ވަރަށް ފެންބޮޑުވެ ގެއްލުން ވުމުންނެވެ.

ވިއްސާރާ ގައި އަބަދުވެސް އެންމެ ގެއްލުން ވަނީ މާފަންނުކޮޅުގެ ގެތަކަށެވެ. މިހާރު ވެސް މާފަންނުގެ ބޮޑު ބައެއް އޮތީ ފެނު އަޑީގަ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން 20 ރަށަކަށް ގެއްލުންވެގެން ރިޕޯޓް ލިބިފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ. އެންމެ އުތުރުގެ ހއގެ ހުރިހާ ރަށަކަށް ވަނީ ވިއްސާރާގައި ގެއްލުންވެފަ އެވެ. އަދި ހދ ގެ ބައެއް ރަށްތަކާއި ކ އަތޮޅުގެ ރަށަކާއި އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް ވެސް ގެއްލުވެ ރިޕޯޓްކޮށްފައިވެ. 

ވިއްސާރައާ ގުޅިގެން ރައްޔިތުންނަށް ދިމާވާ ކަންކަމަށް އަވަސް ހައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހާއްސަ ޓާސްކުފޯހެއް ވަނީ އެކުލަވާލައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ބުރޫ އަރާފައިވާތީ ވިއްސާރަ އާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓާކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ހައްލު ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހާއްސަ ޓާސްކް ފޯސްއެއް އުފައްދަވާފައިވާ ކަމަށެވެ.

މި ޓާސްކުފޯހުގައި ހިމެނެނީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ޗީފް އޮފް ޑިފެންސްފޯސް އާއި ކޮމިޝަނަރު އޮފް ޕޮލިސް އެވެ. މި ޓާސްކްފޯސްގެ ބައްދަލްވުމެއް މިރޭ ބާއްވާފަ އެވެ.

ބައްދަލްވުން ޗެއާ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.