ވިއްސާރައިގެ ސަބަބުން ފްލައިޓްތައް ޑިލޭވެދާނެ: އެމްއޭސީއެލް

އެމްއޭސީއެލް އިން އެދިފައި ވަނީ އެއާޕޯޓަށް ދާއިރު / އެއާޕޯޓުން އަނބުރާ އަންނައިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށެވެ.

ރާއްޖެ އައި ގަތަރު އެއާވޭސްގެ ބޯޓަކަށް ވީއައިއޭއިން ވޯޓާ ސެލިއުޓެއް ދެނީ -- ޓީޓީއެމް

ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ / ފުރާ ފްލައިޓްތައް ޑިލޭ ވެދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

މެޓުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓްތައް ޑިލޭވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މުޅި ހަފްތާއަށް މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށްފައި ވާތީ އެ މުއްދަތުގައި ފްލައިޓް ސެޑިއުލަށް ބަދަލެއް އައުން އެކަށީގެންވާ ކަމަށެވެ.

އެމްއޭސީއެލް އިން އެދިފައި ވަނީ އެއާޕޯޓަށް ދާއިރު / އެއާޕޯޓުން އަނބުރާ އަންނައިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށެވެ.

މީގެ ދެ ދުވަހެއް ކުރީން ފެށިގެން މުޅި ރާއްޖެއަށް ދަނީ ވިއްސާރަ ކުރަމުންނެވެ. މިއަދު މާލެ ސަރަހައްދަށް މެދުކެނޑުމެއްނެތި ދަނީ ވިއްސާރަ ކުރަމުންނެވެ. ބައެއް ވަގުތުތަކުގައި ވަރަށް ބޯކޮށް ވާރޭވެހުނެވެ. އެކަމާއި ގުޅިގެން މުޅި މާލެ ވަނީ ފެނު އަޑީގަ އެވެ. ބައެއް ސަރަހައްދުތަކުގައި ވަރަށް އުސްކޮށް ފެން ބޮޑުވެފައިވެ އެވެ. ހުޅުލެއާ ހުޅުމާލޭ ގައި ވެސް ފެންބޮޑުވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.