"މިއަދު ނުކުރަންވީ ކަމަކީ ދަރިވަރުގެ ނަތީޖާ އަހަން ގުޅުން"

"އިމްތިހާނުގެ ނަތީޖާ ލިބޭ ދުވަހު ނުކުރަންވި ކަމަކީ އެހެން ކުދީންގެ ނަތީޖާ ކިހިނެތްތޯ އަހަން އެއް ބެލެނިވެރިއަކު އަނެއް ބެލެނިވެރިއަކާ ގުޅުމެވެ،"

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު

އިމްތިހާނުގެ ނަތީޖާ ލިބޭ ދުވަހު ނުކުރަންވީ ކަމަކީ އެހެން ކުދީންގެ ނަތީޖާ ކިހިނެތްތޯ އަހަން އެއް ބެލެނިވެރިއަކު އަނެއް ބެލެނިވެރިއަކާއި ގުޅުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ އަކީ ތައުލީމީ ދާއިރާގެ ވަރަށް ބޮޑު ހިދުމަތްތެރި އެކެވެ. އަމީނީއްޔާ ސުކޫލުގެ ވަރަށް ހިދުމަތްތެރި ބޭފުޅެކެވެ. ތައުލީމީ ދާއިރާގެ ތަޖުރިބާކާރެކެވެ.

މިއަހަރުގެ މެއި/ޖޫންގައި ދަރިވަރުން ހެދި އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށާފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ފަޒްނާ ވިދާޅުވީ ނަތީޖާ ހިއްސާ ކުރަން ބޭނުންވާ މީހުން އެކަން ކުރާނެ ކަމަށެވެ. ބައެއް މީހުން ސޯޝަލް މީޑިއާ ގައި ވެސް ނަތީޖާ ކަރުދާސް ޕޯސްޓް ކުރާނެ ކަމަށާ އަނެއް ބައި މީހުންނަކީ ތަންކޮޅެއް ޕްރައިވެޓް މީހުން ކަމުން އެފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.

"އެހެން ވީމަ އެ މީހުންގެ ޕްރައިވަސީއަށް އިހްތިރާމް ކުރާށެވެ،"

ފަޒްނާ ވިދާޅުވީ އުންމީދު ކުރި ފަދަ ނަތީޖާއެއް ލިބުނު ކުދީންގެ އުފަލުގައި ބައިވެރިވެ މަރުހަބާ ކިޔާ ކަމަށާ އުންމީދު ކުރި ނަތީޖާ ނުލިބޭ ދަރިވަރުން މާޔޫސްނުވެ އާ އަޒުމަކާ އެކު ފެށުމަށް ހިތްވަރު ދެއްވާ ކަމަށެވެ.

"އިމްތިހާނުގެ ނަތީޖާ ލިބޭ ދުވަހު ނުކުރަންވި ކަމަކީ އެހެން ކުދީންގެ ނަތީޖާ ކިހިނެތްތޯ އަހަން އެއް ބެލެނިވެރިއަކު އަނެއް ބެލެނިވެރިއަކާ ގުޅުމެވެ،" މުހިންމު ކަންކަމާ ގުޅުވާ ފޭސްބުކް ގައި ވަރަށް ގިނައިން ތަފާތު ޕޯސްޓްތައް ކުރައްވާ މެޑަމް ފަޒްނާ ލިޔުއްވާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.