މަސައްކަތާއި ތައުލީމުގެ ނިޒާމުން ބޭރުގައި %19 ޒުވާނުން

ކުރާނެ މަސައްކަތެއް ނެތި ތައުލީމެއް ނުވަތަ ތަމްރީނެއް ހޯދަމުންނުދާ 10،416 ޒުވާނުން ރާއްޖޭގައި އެބަތިބިކަމށް އެ އިދާރާއިން ބުނެ އެވެ. އެއީ ޒުވާނުންގެ އާބާދީގެ 19 އިންސައްތަ މީހުންނެވެ.

ދިވެހިރާއްޖޭގެ ޒުވާނުންގެ އާބާދީގެ %19 މީހުންނަކީ ތައުލީމާއި ތަމްރީނާއި މަސައްކަތުގެ ނިޒާމުގެ ބޭރުގައި ތިބި މީހުންކަމަށް ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. 

އިއްޔެ ފާހަގަކުރި ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން އެ އިދާރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 67،173 މީހުންނަކީ ޒުވާނުން މިންކުރާ ބައިނަލްއަގުވާމީ މިންގަނޑުން ޒުވާނުންނެވެ. 

ބައިނަލްއަގުވާމީ މިންގަނޑުތަކުން ޒުވާނުންކަމަށް ބަލަނީ އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ މީހުންނެވެ. އެ އުމުރުގެ 67،173 މީހުންގެ ތެރެއިން 13،636 މީހުންނަކީ ބިދޭސީންނެވެ. އަދި 53،537 މީހުންނަކީ ދިވެހިންނެވެ. 

ކުރާނެ މަސައްކަތެއް ނެތި ތައުލީމެއް ނުވަތަ ތަމްރީނެއް ހޯދަމުންނުދާ 10،416 ޒުވާނުން ރާައްޖޭގައި އެބަތިބިކަމށް އެ އިދާރާއިން ބުނެ އެވެ. އެއީ ޒުވާނުންގެ އާބާދީގެ 19 އިންސައްތަ މީހުންނެވެ. 

މަސއްކަތްތެރިންގެ ތެރޭގައި ޒުވާަނުންގެ ބައިވެރިވުން އޮތް މިންވަރަށް ބަލާއިރު 24،244 ޒުވާނުން މަސައްކަަތް ކުރާއިރު ލޭބަ ފޯސްއިން ބޭރުގައި 25،974 ޒުވާނުން އެބަތިއްބެވެ. ލޭބާ ފޯސްއިން ބޭރުގައި ހުރުމުގެ މާނައަކީ އެމީހަކީ ވަޒީފާއެއް އަދާކުރާ މީހެއްކަން ނުވަތަ ނޫންކަން ޔަގީންނުވުމެވެ. 3،319 ޒުވާނަކު ވަޒީފާއެއް ނެތި އެބަތިއްބެވެ. 

ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނަ ޒުވާނުން މަސައްކަތްކުރާ ފަސް ދާއިރާއަކީ ހޮސްޕިޓޭލިޓީއާއި ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދިނުމުގެ ދއިރާއެވެ. ދެން އެންމެ ގިނައިނ ޒުވާނުން މަސައްކަތްކުރަނީ ހޯލްސޭލާއި ރީޓެއިލުގެ އިތުރަށް ސަރުކާރުގެ އިދާރާތަކުގަ އެވެ. 

ޒުވާނުންގެ އާބާދީއަށް ބަލާއިރު 15 އަހަރާއި 24 އަހަރާ ދެމެދުގެ އާބަދީގެ 88 އިންސައްތަ މީހުން ވަޒީފާ އަދާކުރެ އެވެ. އަދި 18 އަހަރާއި 35 އަހަރާ ދެމެދުގެ 93.9 އިންސައްތަ މީހުންނަކީ ވަޒީފާއެއް އަދާކުރާ މީހުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.