މާލޭގެ މަގުތައް ފެނު އަޑީގައި | މިނިސްޓަރު ދެއްވީ ދާއިމީ ހައްލެއްގެ އުންމީދު

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަޝްރޫއު ހިންގާނީ މުޅި މާލޭގެ ސާވޭއެއް ހެދިގެން ޑިޒައިންތައް ތައްޔާރުކޮށްގެން ކަމުން، އެ މަޝްރޫއު ނިމޭއިރު މާލެއަށް ކުރިމަތިވެފައިވާ ވިއްސާރާގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ފޯރަމެއް ގައި ވާހަކަ ދައްކަވަނީ

މިއަދު މުޅި ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެފައިވަނިކޮށް އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމުގެ އުންމީދު ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ދެއްވަައިފި އެވެ. 

މިއަދު މާލެއަށާއި މާލެ އަތޮޅަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން މެންދުރުފަހު 14:15 އިން ފެށިގެން އިރުއޮއްސި 18:00 އާ ދެމެދު މާލެ ސަރަހައްދު ހިމެނޭހެން ކ.އަތޮޅުން ފެށިގެން އދ.އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮރެންޖު އެލާޓު ނެރެފައިވެ އެވެ. 

މާލެއަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވެ އެވެ. އެގޮތުން ދަރުބާރުގޭ ކުރިމައްޗާއި، އައިޖީއެމްއެޗް ކުރިމައްޗާއި އެނޫންވެސް ބައެއް ސަަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ އެމްއެންޑީއެފްއާއި ފުލުހުން ގުޅިގެން ޕަމްޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި މައްސަލައަށް އިޝާރާތްކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގެ މަގުތައް ހެދުމުގައި ބިމަށް ފެން ހިންދޭ ގޮތަށް ކޮށްފައިވާ ޑިޒައިނާ އެއްގޮތަށް ފެން ނުހިދުން ކަމަށެވެ. 

މިހާރު ސަރުކާރުން ފެށުމަށް މަސައްކަތްކުރަމުންދާ މާލޭގެ މަގުތައް އަލުން ތަރައްގީކުރުމުގެ މަޝްރޫއަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހިންގަން ނިންމާފައިވާ މި މަޝްރޫއުގައި އެންމެ ބޮޑު އިސަކަމެއް ދޭނީ މާލޭގެ ފެންބޮޑުވާ މައްސަލ އެއްކޮށް ހައްލުކުރުމަށް އެކަށީގެންވާ ފެންވަރުގެ ފެން ހިންދާ ނިޒާމެއް ގާއިމުކުރުން  ކަމަށެވެ. 

މާލޭގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ހެދުމަށް ހިންގާ އެ މަޝްރޫއުގެ އެމްއޯޔޫގައި މިހާރުވަނީ ސޮއިކޮށްފަ އެވެ. ދެން އޮންނާނީ އެ މަޝްރޫއުގެ ފީޒިބިލިޓީ ދިރާސާތައް ހެދުމާއި ކުރެހުންތައް ތައްޔާރުކުރުމާއި ބޭނުންވާ ސާވޭތައް ހެދުމެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަޝްރޫއު ހިންގާނީ މުޅި މާލޭގެ ސާވޭއެއް ހެދިގެން ޑިޒައިންތައް ތައްޔާރުކޮށްގެން ކަމުން، އެ މަޝްރޫއު ނިމޭއިރު މާލެއަށް ކުރިމަތިވެފައިވާ ވިއްސާރާގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ އެވެ. 

މި މައްސަލައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވެސް ވިދާޅުވެފައިވަނީ ޗައިނާގެ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހިންގަން ރާވާފައިވާ މަޝްރޫއު ނިމުމުން މާލޭ ސަރަހައްދުގައި މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ. 

"އެ މަޝްރޫއު ނިމިގެން ދާއިރު މާލޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ ފެެންބޮޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ. ހަމަ އެފަދައިން ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގުހެދުމުގެ މަޝްރޫއު ކޮންމެ އަހަރަކުވެސް ޕްލޭން ކޮށްފައިވާ ގޮތަށް، އިސްކަންދީގެން ކުރިޔަށް ގެންދެވުމުން އެ ރަށްރަށުގައިވެސް އެ ހައްލު ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.