ފަހުރުވެރި ރާއްޖެއަކަށް ހުރިހާ ކަމެއްގައި ޒުވާނުންގެ ހިއްސާ އިތުރުކުރަންޖެހޭ: ރައީސް

މިއަދު ކުރެއްވި ޓުވީޓުގައި ރައީސް ފާހަގަކުރައްވާފައިވަނީ ގައުމީ މަސައްކަތްތަކުގައި ޒުވާނުން ބައިވެރިކުރުމުގެ މުހިއްމު ކަމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު --

ދިވެހިން ފަހުރުވެރިވާ ރާއްޖެއެއް ބިނާކުރުމަށް ހުރިހާ ދާއިރާއެއްގައި ޒުވާނުންގެ ހިއްސާއާއި ބައިވެރުވުން އިތުރުކުރަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ޒުވާނުންގެ ދުވަހަކީ 1998 ވަނަ އަހަރު ވޯލްޑް ކޮންފަރެންސް އޮފް މިނިސްޓަރސް ރެސްޕޮންސިބަލް ފޯ ޔޫތުއިން ނިންމައިގެން 2000 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. 

ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނެވެ. އެގޮތުން ރާއްޖޭގައި 15 އަހަރާއި 24 އަހަރާ ދެމެދުގެ 53،537 މީހުން އެބަތިބި ކަމަށް ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވެ އެވެ. އޭގެ ތެރެއިން 27،625 މީހުންނަކީ ފިރިހެނުންނެވެ. އަދި 25،912 މީހުންނަކީ އަންހެނުންނެވެ. 

ރައީސް މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ޒުވާނުންނަށް ހާއްސަ ކުރައްވައިގެން މުހިއްމު ގިނަ ވައުދުތަކެއް ވެވަޑައިގެންފައިވެ އެވެ. އެގޮތުން ޒުވާނުން މާލީ ގޮތުން ބާރުވެރިކުރުމަށް ގިނަ ސިޔާސަތުތަކެއް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވެ އެވެ. 

މިއަދު ކުރެއްވި ޓުވީޓުގައި ރައީސް ފާހަގަކުރައްވާފައިވަނީ ގައުމީ މަސައްކަތްތަކުގައި ޒުވާނުން ބައިވެރިކުރުމުގެ މުހިއްމު ކަމެވެ. އެގޮތުން ފަހުރުވެރި ރާއްޖެއެއް ބިނާކުރެވޭނީ ގައުމީ ކޮންމެ މަސައްކަތެއްގައި ޒުވާނުންގެ އެއްބާރުލުމާއި ހިއްސާވުން އިތުރުކޮށްގެން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. 

"ދިވެހީންގެ ފަހުރުވެރި ރާއްޖެއެއް ބިނާކުރެވޭނީ ގައުމީ ކޮންމެ މަސައްކަތެއްގައި ޒުވާނުންގެ އެއްބާރުލުމާ ހިއްސާވުން އިތުރުކޮށްގެން،," ރައީސްގެ ޕޯސްޓުގައި ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.