ތިން ކުންފުންޏެއްގެ ޗެއާމާނުން ވަކިކޮށް 10 ކުންފުންޏެއްގެ ބޯޑުން 16 މެންބަރަކު ވަކިކޮށްފި

ޕީސީބީން ބުނީ ސަރުކާރު ހިއްސާވާ 10 ކުންފުންޏެއްގެ ޑިރެކްޓަފުންގެ ބޯޑަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެ ގޮތުން ތިން ކުންފުންޏެއްގެ ޗެއާމަން ވަކިކޮށް 10 ކުންފުންޏެއްގެ ބޯޑުން 16 މެންބަރަކު ވަނީ ވަކިކޮށްފަ އެވެ.

ޕޯސްޓް ލިމިޑެޓާއި ފެނަކަ އަދި އެސްޑީއެފްގެ ޗެއާޕާސަންގެ މަގާމުގައި ތިއްބެވި ބޭފުޅުން؛ މި ތިން ބޭފުޅުން ވަނީ މަގާމުން ވަކި ކުރައްވާފައި

ތިން ކުންފުންޏެއްގެ ޗެއާމަންގެ މަގާމުގައި ތިއްބެވި ބޭފުޅުން ވަކިކޮށް 10 ކުންފުންޏެއްގެ ބޯޑުން 16 މެންބަރަކު ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ން މިއަދު ބުނީ ސަރުކާރު ހިއްސާވާ 10 ކުންފުންޏެއްގެ ޑިރެކްޓަފުންގެ ބޯޑަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެ ބަދަލުތައް ގެނެސްފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު ކަމަށް ވެސް ބުންޏެވެ.

އެ ގޮތުން ތިން ކުންފުންޏެއްގެ ޗެއާމަންގެ މަގާމުގައި ތިއްބެވި ބޭފުޅުން ވަނީ ވަކިކޮށްފަ އެވެ. އެއީ؛

  •  މުހައްމަދު އަބްދުﷲ - މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ޗެއާޕާސަން
  •  އަހްމަދު ޝަހީރު - ފެނަކަ ކޯޕަރޭޝަންގެ ޗެއާޕާސަން
  •  ޝުހާދު އިބްރާހިމް - އެސްޑީއެފްގެ ޗެއާޕާސަން

މީގެ އިތުރުން 10 ކުންފުންޏެއްގެ ބޯޑުން 16 މެންބަރަކު ވެސް ވަނީ ވަކިކޮށްފަ އެވެ. އެއީ އެޗްޑީއެފްސީގެ ބޯޑުން ދެ މެންބަރަކާއި ޕޯސްޓް ލިމިޑެޓް ބޯޑުން މެންބަރަކާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޯޑުން ތިން މެންބަރަކާއި ބިޒްނަސް ސެންޓަރު ކޯޕަރޭޝަންގެ ބޯޑުން ދެ މެންބަރަކާއި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބޯޑުން މެންބަރެކެވެ.

އަދި ފެނަކަ ކޯޕަރޭޝަންގެ ބޯޑުން ދެ މެންބަރަކާއި ޕޮލިސް ވެލްފެއާ ކޯޕަރޭޝަންގެ ބޯޑު މެންބަރަކާއި ޓްރޭޑްނެޓް މޯލްޑިވްސްގެ ބޯޑް މެންބަރަކާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ބޯޑުން ތިން މެންބަރެކެވެ. އެ މެންބަރުންނަކީ؛

  •  އަލީ ނަބީލް - ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން
  •  މުސްތަފާ މުހައްމަދު - ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން
  •  އަލީ އިކްރާމް - ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން
  •  ނާހިޔާ މުހައްމަދު - ޓްރޭޑްނެޓް މޯލްޑިވްސް
  •  އަލީ ނަޒީރު - ޕޮލިސް ވެލްފެއާ ކޯޕަރޭޝަން
  •  އިބްރާހިމް ނާއިފް - ފެނަކަ ކޯޕަރޭޝަން (އެގްޒެކްޓިވް މެންބަރު)
  •  އަހްމަދު އީހާބު - ފެނަކަ ކޯޕަރޭޝަން
  •  ނަޖީލް އަހްމަދު - ފަހި ދިރިއުޅުން ކޯޕަރޭޝަން
  •  ލަމްޔާ އިބްރާހިމް - ބިޒްނަސް ސެންޓަރު ކޯޕަރޭޝަން
  •  އަހްމަދު އިފްތިހާރު - ބިޒްނަސް ސެންޓަރު ކޯޕަރޭޝަން
  •  ހުސައިން މުހައްމަދު ދީދީ - އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް
  •  ޝާތިފް އަލީ - އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް
  •  ޝަޒުރާ ޝާކިރު - އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް
  •  މުހައްމަދު ނާޝިދު - ޕޯސްޓް ލިމިޑެޓް
  •  މުހައްމަދު ރަޝީދު - އެޗްޑީއެފްސީ
  •  ހާމިދު ސާދިގު - އެޗްޑީއެފްސީ

މީގެ އިތުރުން އެޗްޑީއެފްސީ އާއި މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ބޯޑަށް މެންބަރަކު ވެސް ވަނީ އައްޔަނު ކޮށްފަ އެވެ. އެއީ ޕޯސްޓް ލިމިޑެޓްގެ ބޯޑަށް ހ. ވައިފިލާގެ ހައްވާ ޝަފްނާ އާއި އެޗްޑީއެފްސީގެ ބޯޑް މެންބަރު ކަމަށް ސ. ހުޅުދޫ، ޖަމްނާ ޒިދުނާ އިބްރާހިމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.