ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ޖައިޝަންކަރު ފުރާވަޑައިގެންފި

ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަަހު އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ފުރާވަޑައިގަންނަވަނީ، ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިޔާގެ ހާރިޖީވަޒީރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ތިން ދުވަަހުގެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ފުރާވަޑައިގެންފި އެވެ. 

ޖައިޝަންކަރު ރާއްޖެއަށް ވަޑައިގެންނެވި ހުކުރުދުވަހު އެވެ. އެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންނެވީ އައްޑޫ ސިޓީންނެވެ. އެއީ އެ ސިޓީގައި އިންޑިޔާގެ އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން ހިންގި ދެ މަޝްރޫއެއް ނިންމައި ދިވެހި ސަރުކާރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު އެވެ. 

ޖައިޝަންކަރުގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވި އެވެ. އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ ވުޒާރާތަކާ ގުޅުންހުރި ދާއިރާތަކުން އިންޑިޔާއާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކުރެއްވި އެވެ. 

އޭގެ އިތުރަށް 28 ރަށެއްގައި އިންޑިޔާ އެހީގައި ހިންގާފައިވާ ނަރުދަމާގެ މަޝްރޫއުތައް ނިންމައި ނަރުދަމާއާއި ފެނުގެ ނިޒާމުތައް ސަރުކާރާ ހަވާލުކުރުމަށް އިއްޔެ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެ އެވެ. 

މި ދަތުރުފުޅުގައި ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުންވަނީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ. 

މި ދަތުރުފުޅަކީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިޔާގެ ވަޒީރަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.