މި ދެ މަޝްރޫއަކީ ރައީސް ސޯލިހުގެ ސަރުކާރުގައި އިންޑިޔާއާއެކު ހެދި ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން އެ ގައުމުގެ އެގްޒިމް ބޭންކުން ދޭން ހަމަޖެހުނު 800 މިލިއަން ޑޮލަރުގެ ތެރެއިން ހިންގި މަޝްރޫއުތަކެވެ.
އައްޑޫ ސިޓީގެ ބިންހިއްކުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓު (އެލްއޯސީ)ގެ ދަށުން ހިންގި މަޝްރޫއު ނިންމައި ހިއްކި ބިންތައް ރަސްމީކޮށް ސަރުކާރާ ހަވާލުކޮށް އެ މަޝްރޫއާ ގުޅިގެން ގާއިމުކުރި ޑިޓުއާ ބުރިޖު އިފުތިތާހުކޮށްފި އެވެ.
މި ދެ މަޝްރޫއަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިޔާއާއެކު ހެދި ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން އެ ގައުމުގެ އެގްޒިމް ބޭންކުން ދޭން ހަމަޖެހުނު 800 މިލިއަން ޑޮލަރުގެ ތެރެއިން ހިންގާފައިވާ ދެ މަޝްރޫއެވެ.
މި ދެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް މިއަދު އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ހާރިޖީވަޒީރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރާއި، ރާާއްޖޭގެ ހާރިޖީވަޒީރު މޫސާ ޒަމީރު އަދި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބާއި އެންވަޔަރަމެންޓު މިނިސްޓަރު ބައިވެރިވެވަޑައިގެންނވި އެވެ.
މި މަޝްރޫއުގެ ދަށުން ހިއްކާފައިވާ ބިންތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ބޭނުމަށް ބޭނުންކުރަން ހިއްކާފައިވާ ރަށްތަކެއްވެސް ހިމެނެ އެވެ. އަދި ހަންކެޑެއަށް ވަދެ ނިކުތުން ފަސޭހަކުރުމަށް ޑިޓުއާ ބުރިޖެއް ގާއިމުކޮށްފައިވެ އެވެ.
މިއަދު މި މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ޑރ.ޖައިޝަންކަރު ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުތަކަކީ އިންޑިޔާއާ ދިވެހިރާއްޖޭގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ ރަމްޒުތަކެކެވެ.