ވަޒީރުން ފިޔަވައި ސިޔާސީ ބޭފުޅުން މާލީ އިދާރާތަކުގެ ބޯޑަށް ލެވޭ ގޮތަށް ހަމަޖައްސައިފި

މިހާރު ސަރުކާރުގެ މިނިސްޓްރީއެއްގެ އެންމެ މަތީ ވެރިޔާ ނުވަތަ ކެބިނެޓުގެ ވަޒީރުން ފިޔަވައި ސިޔާސީ އެހެނިހެން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މާލީ އިދާރާތަކުގެ ބޯޑަށް އައްޔަންނުކުރެވޭނެ އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ -- ފޮޓޯ: އެޑިޝަން

ސިޔާސީ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ބޭފުޅުންނަށް މާލީ މުއައްސަސާތަކުގެ ބޯޑުގެ މެންބަރުންގެ ގޮތުގައި ތިއްބެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި އެވެ. 

މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން 2020 ވަނަ އަހަރު އެކުލަވައިލާ އާންމުކޮށްފައިވާ ބޭންކުތަކާއި އިންޝުއަރޭންސް އަދި ފައިނޭންސް ކުންފުނިތަކުގެ ކޯޕަރޭޓް ގަވަނޭންސްގެ އުސޫލަށް އެމްއެމްއޭއިންވަނީ އިސްލާހުތަކެއް ގެނެސްފަ އެވެ. 

ކުރިން އެ ގަވާއިދުގައި ބުނެފައިވަނީ މާލީ އިދާރާތަކުގެ ބޯޑުގެ މެންބަރުކަމަށް، ސަރުކާރުގެ ވުޒާރާއެއްގެ ނުވަތަ ޑިޕާޓުމެންޓެއްގެ މަގާމަކަށް ރައީސް އައްޔަންކުރައްވާފައިވާ ބޭފުޅުންނާއި، ގާނޫނުން އުފައްދާފައިވާ ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި، ސިޔާސީ ޕާޓީއެއްގެ މުހިއްމު މަގާމެއްގައި ތިއްބަވާ ބޭފުޅުން އައްޔަން ނުކުރެވޭނެ ކަމަށެވެ. 

މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އިސްލާހުގައި ބުނެފައިވަނީ ސަރުކާރުގެ މިނިސްޓްރީއެއްގެ އެންމެ މަތީ ވެރިޔާ ނުވަތަ ކެބިނެޓުގެ ވަޒީރުން ފިޔަވައި ސިޔާސީ އެހެނިހެން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މާލީ އިދާރާތަކުގެ ބޯޑަށް އައްޔަންނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ސިޔާސީ މަގާމުތަކުގައި މަސައްކަތްކުރާ މީހުން މިހާރު އެފަދަ އިދާރާތަކުގެ ބޯޑުތަކަށް އައްޔަންކުރުމަށް ހުރަހެއް ނޯންނާނެ އެވެ. 

ނަމަވެސް އެ އިސްލާހުގައިވެސް ގާނޫނުން އުފައްދާ ދައުލަތުގެ އިދާރާތަކުގެ ވެރިންނާއި ސިޔާސީ ޕާޓީތަކުގެ މުހިއްމު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މިހާރުވެސް ބޯޑުތަކަށް އައްޔަަންނުކުރެވޭނެ އެވެ. 

މިއަދު އެމްއެމްއޭއިން ގެނައި އިސްލާހަށް އެ އިސްލާހު ގެޒެޓުގައި ޝާއިއުކުރުމާއެކުބ އަމަލުކުރަން ފެށޭނެ ކަމުގައި އެ އިސްލާހުގައި ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.