ޖައިޝަންކަރު އައްޑޫއަށް ވަޑައިގެންފި

ޖައިޝަންކަރު އައްޑޫއަށް ވަޑައިގަތުމުން އައްުޑޫ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ވިދާޅުވީ ހާރިޖީވަޒީރު މޫސާ ޒަަމީރާއި އައްޑޫ ސިޓީގެ ބައެއް މަޖިލިސް މެންބަރުންނެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު، ފޮރިން މިނިސްޓްރީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

އައްޑޫގައި އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާފައިވާ ބައެއް މަޝްރޫއުތައް އިފުތިތާހުކޮށްދެއްވުމަށް އިންޑިއާގެ ހާރިޖީވަޒީރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު އެ ސިޓީއަށް ވަޑައިގެންފި އެވެ. 

ދާދި ދެންމެއަކު ޖައިޝަންކަރު އައްޑޫއަށް ވަޑައިގަތުމުން އައްުޑޫ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ވިދާޅުވީ ހާރިޖީވަޒީރު މޫސާ ޒަަމީރެވެ. ޒަމީރުގެ އަރިހުގައި އައްޑޫ ސިޓީގެ ބައެއް ދާއިރާތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ޖައިޝަންކަރަށް މަރުހަބާ ވިދާޅުވުމަށް ވަޑައިގެން ތިއްބެވި އެވެ. 

ޖައިޝަންކަރު އައްޑޫއަށް ވަޑައިގަތުމުން އޭނައަށް މަރުބާ ވިދާޅުވުމަށް އެއާޕޯޓަށް ވަޑައިގެންނެވި މަޖިލީހުގެ މެންބަރުންގެ ތެރޭގައި އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ހިމެނިވަޑައިގަންނަަވަ އެވެ. 

ތިން ދުވަހަށް ރާއްޖެއަށް ޖައިޝަންކަރު ދަަތުރުފުޅުގައި 28 ރަށެއްގަައި އިންޑިއާ ސަރުކާރުން ފޯރުކޮށްދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ މަސައްކަތް ނިންމައި އެ މަޝްރޫއުތަކުގެ ދަށުން ގާއިމުކުރި ވަސީލަތްތައް ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކޮށްފައިވެ އެވެ. 

ޖައިޝަންކަރުވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފަ އެވެ. އަދި ބައެއް ވުޒާރާތަކަށް ޒިޔާރަތްކުރައްވައި ވަޒީރުންނާ ބައްދަލުކުރައްވާފައިވެ އެވެ. 

އިއްޔެ ނަރުދަމާއާއި ފެނުގެ ނިޒާމުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވެފައިވަނީ ކުރިއަށް އޮތްތަނުގައި މިހާރު ރާއްޖެއާ ގުޅުން ގާއިމުކޮށްފައިވާ ދާއިރާތަކުގެ އިތުރަށް އެހެނިހެން ދާއިރާތަކުން ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ ކަމަށެވެ. 

ރައީސް ޑރ.މުއިއްޒުވެސްވަނީ އިންޑިޔާއާައި ރާއްޖޭގެ މެދުގައި އޮތް ގުޅުން އިތުރަަށް ބަދަހިކުރުމަށް ދެ ގައުމުގެ ސަރުކާރުން ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.