ރާއްޖެ-އިންޑިއާ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ޝާހިދު މަރުހަބާ ވިދާޅުވެއްޖެ

ޝާހިދު އިތުރަށް ވިދާޅުވެފައިވަނީ އިންޑިޔާ-ރާއްޖެ ގުޅުމާމެދު ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ގެނެސްފައިވާ ބަދަލަކީ ދެމެހެއްޓެނެވި ދިގުލައިގެން ދަނިވި ބަދަލަކަށްވާނެކަމަށް އެމްޑީޕީން އުންމީދުކުރާ ކަމަށެވެ.

އިންޑިޔާގެ ހާރިޖީވަޒީރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު ޝާހިދާ ބައްދަލުކުރެއްވި ކުރެއްވުމުގެ ތެރެއިން، ފޮޓޯ: އެކްސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަަދު މުއިއްޒުގެ ސަރުކާރުން އިންޑިޔާއާމެދު ގެންގުޅުނު ސިޔާސަތަަަށް ގެންނެވި ބަދަލަށް ކުރީގެ ހާރީޖީވަޒީރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެ އެވެ. 

އިންޑިއާގެ ހާރީޖީވަޒީރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެމަނިކުފާނުވަނީ ޝާހިދާއި އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކުރައްވާފަ އެވެ. 

އެ ބައްދަލުވުމަށްފަހު އެކްސްގއި ކުރެއްވި ޕޯސްޓެއްގަައި ޝާހިދު ވިދާޅުވީ ބައިނަލްއަގުވާމީ އެހީއަށް އެދި 911 އަށް ދިވެހިރާއްޖެއިން ގުޅައިލާ ކޮންމެ ފަހަަރެއްގައި އެންމެ ފުރަތަމަ އެހީތެރިވުމަށް އިސްނަގާނީ އިންޑިޔާކަން  ދިވެހިރާއްޖެއިން އަބަދުވެސް ޔަގީންކުރާ ކަމަށެވެ. 

ޝާހިދު އިތުރަށް ވިދާޅުވީ އިންޑިޔާއާ ދެކޮޅަށް މި ސަރުކާރުން ބޭނުންކުރި ހަރުކަށި ޝިއާރުތަކާއި ކުރި ފުރައްސާރައާއި ތަރައްގީގެ ޒަމާންވީ ބައިވެރިއެއް ސަރަހައްދީ ބުލީއެއްގެ ގޮތުގައި ސިފަކުރި ކުރުމުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ މަގާމަަށް އުނިކަަން ލިބިފައިވާ ކަމަށެވެ. އަދި އެކަންކަމުގެ ސަބަބުން ރާއްޖެއަށް އިގުތިސާދީ ގެއްލުންތައް ލިބި ކުރިމަތިވާންނުޖެހޭ ދަތިތަކާއި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ. 

އެކަަންކަން ވިސްނުމުގައި ބެހެއްޓުމާއެކުވެސް ސަރުކާރުން އިންޑިޔާއާމެދު ގެންގުޅުނު އިންޑިއާ އައުޓް ސިޔާސަތު ބަދަލުކޮށް އިންޑިޔާއާއެކު ގުޅުން ބަދަހިކުރުމަށް މަރުހަބާ ވިދާޅުވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު އިތުރަށް ވިދާޅުވެފައިވަނީ އިންޑިޔާ-ރާއްޖެ ގުޅުމާމެދު ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ގެނެސްފައިވާ ބަދަލަކީ ދެމެހެއްޓެނެވި ދިގުލައިގެން ދަނިވި ބަދަލަކަށްވާނެކަމަށް އެމްޑީޕީން އުންމީދުކުރާ ކަމަށެވެ.  އަދި އެ ބަދަލަކީ މާނަހުރި ބަދަލަކަށް ހެދުމަށް ސަރުކާރަށް އޭނާ އިލްތިމާސް ކުރެއްވި އެވެ. 

"އެމްޑީޕީން އުންމީދުކުރަނީ މި ބަދަލަކީ ވަގުތީ ނުވަތަ ސަތަހީ ބަދަލަަކަށް ނުވާނެ ކަމުގައި. ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުގައި ގެނެވޭ ދެމެހެއްޓެނެވި މާނަަހުރި ބަދަލަކަށް އެ ބަަދަލުވާަނެ ކަމުގައި އުންމީދުކުރަން،" ޝާހިދު ވިދާޅުުވި އެވެ. 

އޭގެ އިތުރަށް ސަރުކާރުގެ މަސްއޫލުވެރިން އިންޑިޔާއާ މެދު ހިންގަވާފައިވާ އަމަލުތަކާއި ހައްދަވާފައިވާ އިތުރުފުޅުތަކާމެދު ސަރުކާރުން ފާޅުގައި މައާފަށް އެދުމަށް ޝާހިދު ގޮވައިލެއްވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގަައި އެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ހާރިޖީ އަދި އިގުތިސާދީ ކުރިމަގަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.