ނަޝީދު ސަރުކާރުގެ ދިފާއުގައި؛ އެމްޑީޕީން އިންޑިއާ ގުޅުމަށް ނޭދޭ، އުސޫލުގައި ނުހިފެހެއްޓޭ

ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބަދަލަށް މަރުހަބާ ނުކިޔާ ކުރީން ކުރެވިފައި އޮތްގޮތް ފާހަގަކޮށް ސަރުކާރަަށް މަލާމަތް ކުރާނަމަ އެކަމުން ދޭހަވަނީ ރާއްޖެ-އިންޑިއާ ގުޅުމަށް ނޭދޭ ކަމެވެ.

ރައީސް ނަޝީދު (ކ) ރައީސް މުއިއްޒު (މ) އަބްދުﷲ ޝާހިދު (ވ)

އިދިކޮޅު މައި ޕާޓީ -- އެމްޑީޕީއަށް އުސޫލުގައި ނުހިފެހެއްޓޭ ކަމަށާ އެ ޕާޓީން ބޭނުންވަނީ ސިޔާސީ ޕޮއިންޓް ހޯދަން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ފާޑުވިދާޅުވުން އެމްޑީޕީއަށް އަމާޒު ކުރެއްވީ ރާއްޖެ-އިންޑިއާ ގުޅުން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެމްޑީޕީގެ ވެރީން ފާޑު ވިދާޅުވަމުން ގެންދާތީ އެވެ.

މި ސަރުކާރުގެ ވެރީންނަކީ އިދިކޮޅުގައި ތިއްބެވި ދުވަސްވަރު އިންޑިއާއާ ވަރަށް ދެކޮޅަށް އަޑުއުފުލެއްވި ބޭފުޅުންނެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ "އިންޑިއާ އައުޓް" ނަމުގައި ބޮޑު ހަރަކާތެއް ސިލްސިލާކޮށް ހިންގި އެވެ.

އިންޑިއާގެ ވެރީންނަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް މަލާމަތް ރައްދުވާނެ ކިތަންމެ ހަރަކާތެއް އޭރު އިިދިކޮޅުން ހިންގި އެވެ. ސޯޝަލް މީޑިއާގައި އިންޑިއާގެ ވެރީންނަަށް ރައްދުކޮށް ގިނަ ޕޯސްޓްތަކެއް ވެސް ކޮށްފައިވެ އެވެ.

މި ސަރުކާރުން ބުނާގޮތުން މިހާރު ރާއްޖޭގައި އިންޑިއާ ސިފައިން ނުތިބޭނެ އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލި މައްސަލާ ގައި ދެ ގައުމުގެ ގުޅުން ހީނަރުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނެވެ. ނަމަވެސް ދެ ގައުމުން މަޝްވަރާގެ އުސޫލު ހިޔާރުކޮށް އެކަމުގައި އަމަލު ކުުރި ގޮތުން ދެ ގައުމުގެ ގުޅުމަށް ބޮޑު ހީނަރު ކަމެއް އައިސްފަ އެއް ނުވެ އެވެ. ރާއްޖެ-އިންޑިއާ ގުޅުން ރަނގަޅު ކުރެއްވުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެކަމާ ގުޅުވާ އެމްޑީޕީގެ ވެރީން ދަނީ ފާޑުވިދާޅުވަމުންނެވެ. ދާދި ފަހުން އޮތް ޕްރަގްރާމެއްގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ‏މިސަރުކާރުން އޭރު ވިދާޅުވަމުން ގެންދެވީ "އިންޑިއާ އައުޓް" ކަމަަށާ ސަރުކާރަށް ނުވަ މަސް ވީއިރު ގޮވަމުން ދަނީ "ވެލްކަމް އިންޑިއާ" ކަމަަށެވެ.

އެ ވާހަކަތައް އިޝާރާތް ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއް ގައި ނަޝީދު ވިދާޅުވީ ‬⁩‫ބަދަހި އިންޑިއާ-ރާއްޖޭގެ ގުޅުމަަށް އެދޭ ފަރާތްތަކުން ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބަދަލަށް މަރުހަބާ ނުކިޔާ ކުރީން ކުރެވިފައި އޮތްގޮތް ފާހަގަކޮށް ސަރުކާރަަށް މަލާމަތް ކުރާނަމަ އެކަމުން ދޭހަވަނީ ރާއްޖެ-އިންޑިއާ ގުޅުމަށް ނޭދޭ ކަން ކަމަަށެވެ.‬

‫"[އެމްޑީޕީން] ބޭނުން ވަނީ ސިޔާސީ ޕޮއިންޓް ހޯދުން. އުސޫލުގައި ނުހިފެހެއްޓޭކަން،" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.