ރާއްޖެ-އިންޑިއާ ގުޅުން ވަރުގަދަ ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

"އިންޑިއާ އަކީ އަބަދުވެސް ރާއްޖެ އާއި އެންމެ ގާތް އެއް ގައުމު، ރާއްޖެއަށް އެހީ ބޭނުންވާ ކޮންމެ ވަގުތަކު ކޮންމެ ކަމެއްގައި ވެސް އިންޑިއާއިން ދަނީ އެހީ ފޯރުކޮށްދެމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު --

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ތާރީހީ ގުޅުން ދަމަހައްޓަވައި، އެ ގުޅުން އިތުރު ވަރުގަދަ ކުރައްވާނެ ކަމުގެ ޔަގީންކަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރައީސް މިހެން ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށް ނިންމައި، އެ މަޝްރޫއުތައް ދިވެހި ސަރުކާރާ ހަވާލުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. 

ރައީސްގެ ވާހަކަފުޅު ފައްޓަވަމުން، އިންޑިއާ ސަރުކާރުން މެދުކެނޑުމެއްނެތި ރާއްޖެއަށް ވަމުންދާ އެހީތެރިކަމާއި ބަހައްޓާ ގާތްކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށާއި އިންޑިއާ ސަރުކާރަށް ހާއްސަ ޝުކުރެއް ދަންނަވާފައިވެ އެވެ.

ރައީސް ވިދާޅުވީ މިފަދަ އެހީތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ލިބޭ ނަފާ އިތުރުވަމުންދާއިރު، މިއީ ރައްޔިތުންގެ މުސްތަގުބަލަށް ވެސް މުހިންމު ކަންކަން ކަމަށެވެ. 

"އިންޑިއާ އަކީ އަބަދުވެސް ރާއްޖެ އާއި އެންމެ ގާތް އެއް ގައުމު، ރާއްޖެއަށް އެހީ ބޭނުންވާ ކޮންމެ ވަގުތަކު ކޮންމެ ކަމެއްގައި ވެސް އިންޑިއާއިން ދަނީ އެހީ ފޯރުކޮށްދެމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެމަނިކުފާނު ވަޑައިގަތުމުން އިންޑިއާ ސަރުކާރުން ދެއްވި މެހެމާންދާރީއާ ބެހެއްޓެވި ގާތްކަން ފާހަގަކުރައްވާފަ އެވެ. އަދި، އެގައުމުގެ ރައީސް ދުރޫޕަތީ މުރުމޫއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ތަރައްގީއަށާއި ކުރިއެރުމަށް ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ މަޝްވަރާތައް ކުރެއްވި ކަމަށް ވިދާޅުވި އެވެ.

އެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް މަޝްވަރާތައް ކުރެވުނުކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

"ރާއްޖެ-އިންޑިއާ ގުޅުން މުޅިން އާ ހަރުފަތަކަށް ދާ މަންޒަރަކީ އަޅުގަނޑު ދެކެން ބޭނުންވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.