އިންޑިއާގެ ޔޫޕީއައި ހިދުމަތް ރާއްޖެއަށް

އިންޑިއާގެ ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ހިދުމަތް ރާއްޖޭގައި ފެށުމަށް ނިންމާ އެމްއޯޔޫއެއް ގައި މިރޭ ވަނީ ސޮއިކޮށްފަ އެވެ.

ޔޫޕީއައި ހިދުމަތް ރާއްޖޭގައި ފެށުމަށް ނިންމާ އެމްއޯޔޫއެއް ގާއިމު ކުރުން

އިންޑިއާގެ ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ހިދުމަތް ރާއްޖޭގައި ފެށުމަށް ނިންމާ އެމްއޯޔޫއެއް ގާއިމު ކޮށްފި އެވެ.

ރަސްމީ ދަތުރުފުޅެއް ގައި މިރޭ ރާއްޖެ ވަޑައިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެވަޑައިގެން ބައްދަލްވުމެއް ގައި ވަނީ އެމްއޯޔޫ ގައި ސޮއިކޮށްފަ އެވެ.

ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މިނިސްޓަރު ސައީދު ވަނީ އެކަން ފާހަގަކުރައްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ. ވިދާޅުވީ އެމްއޯޔޫގެ ދަށުން އުފެދިގެންދާ މައިގަނޑު އަމާޒަކީ ކްރިއޭޓީވް އިކޮނޮމީގެ ފުރުސަތުތައް ދިވެހީންނަށް ހޯދައިދިނުމާއި އީ-ކޮމާސްގެ ދާއިރާ ތަރައްގީ ކުރުން ކަމަށެވެ. އަދި މާލީބާޒާރު ގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށް މާލީބާޒާރު އިތުރަށް ފުޅާކުރުން ކަމަށެވެ.

އެމްއޯޔޫގެ މައިގަނޑު މަގްސަދުތައް؛

  •  ޑިޓިޓަލް ޕޭމަންޓްސް ސިސްޓަމް ތަރައްގީ ކުރުން
  •  މާލީ ބާޒާރުގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުން
  •  އިންޓައޮޕެރަބެލިޓީ
  •  ހުނަރާއި ގާބިލުކަން އިތުރުކުރުން

މީގެ އިތުރުން އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ވެސް ވަނީ އެކަން ފާހަގަ ކުރައްވާފަ އެވެ. ޖައިޝަންކަރު ވިދާޅުވީ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާއާއެކު ގާއިމުކުރެވުނު އެއްބަސްވުމާ އެކު ޔޫޕީއައި ހިދުމަތް ވަރަށް އަވަހަށް ރާއްޖޭގައި ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ އެއްހާސް މުވައްޒިފުން ތަމްރީނު ކުރުމަށް ވެސް އިންޑިއާއާއެކު ވަނީ އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ. މި އެއްބަސްވުން ގާއިމުކުރީ ސިވިލް ސާވިސް ކޮމިޝަނާއި އިންޑިއާގެ ނެޝަނަލް ސެންޓަ ފޯ ގުޑް ގަވަނެންސްއާ ދެމެދު އެވެ.

މީގެ އިތުރުން އިންޑިއާ ސަރުކާރުން ރާއްޖޭގައި ހިންގަން ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން ނިމިފައިވާ މަޝްރޫއުތައް ވެސް އިފްތިތާހު ކުރުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރާ ވެސް ބައްދަލު ކުރައްވާނެ އެވެ.

މާލޭގެ އިތުރުން ދެކުނު މައި ސިޓީ -- އައްޑޫ އަށް ވެސް ޖައިޝަންކަރު ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.