މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި އެއްބަސްވުންތަކެއް ގާއިމު ކުރައްވާނެ އެވެ. އަދި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ ބައެއް މަޝްރޫއުތައް އެމަނިކުފާނު ބައްލަވާލައްވާނެ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއް ގައި ރާއްޖެ ވަަޑައިގެންފި އެވެ.
އެމަނިކުފާނަށް ވީއައިއޭ އިން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި އެއްބަސްވުންތަކެއް ގާއިމު ކުރައްވާނެ އެވެ. އަދި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ ބައެއް މަޝްރޫއުތައް އެމަނިކުފާނު ބައްލަވާލައްވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރާ ވެސް ބައްދަލު ކުރައްވާނެ އެވެ.
މާލޭގެ އިތުރުން ދެކުނު މައި ސިޓީ -- އައްޑޫ އަށް ވެސް ޖައިޝަންކަރު ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖެ-އިންޑިއާ ގުޅުން ރަނގަޅު ކުރެއްވުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝްރީ މުނު މަހާވަރް، ދާދި ފަހުން ވަނީ ރައީސް މުއިއްޒުގެ އަރިހަށް ވެސް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ. މި ބައްދަލްވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކޮށް އިތުރު ހަރުފަތަކަށް ގެންދިއުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލި މައްސަލާ ގައި ދެ ގައުމުގެ ގުޅުން ހީނަރުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނެވެ. ނަމަވެސް ދެ ގައުމުން މަޝްވަރާގެ އުސޫލު ހިޔާރުކޮށް އެކަމުގައި އަމަލު ކުުރި ގޮތުން ދެ ގައުމުގެ ގުޅުމަށް ބޮޑު ހީނަރު ކަމެއް އައިސްފަ އެއް ނުވެ އެވެ.
ރައީސް މުއިއްޒާއި ދިވެހި ސަރުކާރުގެ އިސް ވަފުދެއް ވަނީ ބޮޑުވަޒީރު ކަމުގެ އިތުރު ދައުރަކަށް މޯދީ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ދަތުރުފުޅެއް ވެސް ކުރައްވާފަ އެވެ.