ގައުމީ ދިރާސާ ކައުންސިލަށް މެންބަރުން އައްޔަނުކުރަނީ

މި ކައުންސިލަކީ އިލްމީ ދިރާސާތައް ކުރުމާއި އޭގެ އަލީގައި ފިކުރީ މުދާ އުފެއްދުމުގެ ކަންކަން ހިންގައި ބެލެހެއްޓުމަށް ހަޔާ އެޑިޔުކޭޝަނުން އެކުލަވައިލާ، ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު މާރިޔާ: ގައުމީ ދިރާސާ ކައުންސިލަށް މެންބަރުން އައްޔަނުކުރަން ވަނީ ނިންމާފައި

ގައުމީ ދިރާސާ ކައުންސިލަށް މެންބަރުން އައްޔަނުކުރަން މެންބަރު ކަމަށް ޝައުގުވެރިވާ މީހުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

ގައުމީ ދިރާސާ ކައުންސިލަކީ ދިވެހިރާއްޖޭގައި އިލްމީ ދިރާސާތައް ކުރުމާއި އޭގެ އަލީގައި ފިކުރީ މުދާ އުފެއްދުމުގެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކާ މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އެކުލަވައިލާ، ނުވަ މެންބަރުންގެ މައްޗަށް ހިމެނޭ ކައުންސިލެކެވެ. މި ކައުންސިލްގެ މެންބަރުންނަކީ "ގައުމީ ދިރާސާ ފަންޑު" ހިންގައި ބެލެހެއްޓުމުގެ ޒިންމާ އަދާކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާ ގައުމީ ދިރާސާ ފަންޑުގެ ބޯޑް އޮފް ޓްރަސްޓީސްގެ ވެސް މެންބަރުންނެވެ.

އެ ކައުންސިލްގެ މަސައްކަތްތަކަކީ؛

  •  ގައުމީ ދިރާސާ ފަންޑުގެ ބޯޑް އޮފް ޓްރަސްޓީސްގެ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރުން؛
  •  ފަންޑުން ހަރަދުކޮށްގެން ދިރާސާ ކުރާނެ ދާއިރާތައް ކަނޑައެޅުމާއި އެދާއިރާތައް ކަނޑައެޅުމުގެ މިންގަނޑުތައް އެކުލަވާލައި ޝާއިއުކުރުން
  •  ފަންޑުން ފައިސާ ދޫކުރާނޭ ހަމަތަކެއް ގާއިމްކޮށް ތަންފީޒުކުރުން؛
  •  ރާއްޖޭގައި ކުރެވޭ ދިރާސާތަކުގެ ފެންވަރާއި މިންވަރު އިތުރުކުރުން؛
  •  ދިރާސާތަކުގެ ފެންވަރު ވަޒަންކުރާނޭ ގައުމީ މިންގަނޑުތައް ކަނޑައަޅުން؛
  •  ފަންޑަށް ހުށަހެޅޭ ޕްރޮޕޯޒަލްތައް ވަޒަންކުރާނޭ ނިޒާމެއް އެކުލަވާލުން؛
  •  ރާއްޖޭގެ ސައިންޓިފިކް ވަސީލަތްތަކާ ރިސާޗް މަސައްކަތްތަކާ ސައިންސްގެ ތަސައްވުރު ފުޅާކޮށް، އެ މަސައްކަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުން؛
  •  ފަންޑު ދިރުވައި ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން؛
  •  ގައުމީ ދިރާސާ ޑޭޓާބޭސް ގާއިމުކުރުން؛
  •  ކައުންސިލްގެ ހިންގުމާ ކައުންސިލްގެ ދަށުން އެކުލަވާލާ ކޮމެޓީތައް ކަނޑައެޅުމާ ކޮމެޓީގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތުގެ ގަވާއިދު ހެދުން؛
  •  އެކިއެކި އިލްމީ ދިރާސާތައް ކުރުމުގައި ހިފަހައްޓަން ޖެހޭ އަހްލާގީ (އެތިކްސް) މިންގަނޑުތައް ކަނޑައަޅައި އޭގެ ގަވާއިދު އެކުލަވައިލުން,
  •  ކައުންސިލްގެ ސެކްރެޓޭރިއޭޓްގެ މަސައްކަތް މިނިސްޓަރުގެ ލަފަޔާއެކު ކަނޑައެޅުން،

މި ކައުންސިލްގެ މެންބަރުންގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ދިރާސާކުރުމުގެ ދާއިރާގައި އަމަލީގޮތުން ހަރަކާތްތެރިވާ މީހުންގެ ތެރެއިން ދެ މީހަކާއި ރާއްޖޭގެ އުފެއްދުންތެރި އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން މީހެކެވެ.

ދިރާސާކުރުމުގެ ދާއިރާގައި އަމަލީގޮތުން ހަރަކާތްތެރިވާ މުއައްސަސާތަކުން ނޮމިނޭޓް ކުރާ ދެ މެންބަރުން ހޮވުމުގައި ނޮމިނޭޝަން ހުށަހަޅުއްވާ މުއައްސަސާއަކުން ކޮށްފައިވާ ދިރާސާގެ މަސައްކަތްތަކުގެ މިންވަރާއި ނޮމިނޭޓް ކުރެއްވި މެންބަރު ރިސާޗް މަސައްކަތްތަކުގައި އުޅެފައިވާ މިންވަރަށް ބެލޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި އުފެއްދުންތެރި އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުއައްސަސާތަކުން ނޮމިނޭޓް ކުރާ މެންބަރު ހޮވުމުގައި، ނޮމިނޭޝަން ހުށަހަޅުއްވާ މުއައްސަސާއަކުން ކޮށްފައިވާ އުފެއްދުންތެރި އީޖާދީ މަސައްކަތްތަކުގެ މިންވަރާއި ނޮމިނޭޓް ކުރި މެންބަރު އެފަދަ މަސައްކަތްތަކުގައި އުޅެފައިވާ މިންވަރަށް ވެސް ބެލޭނެ އެވެ. ކައުންސިލަށް މެންބަރުން އައްޔަނުކުރާނީ މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓެވެ.

މިނިސްޓްރީން ވަނީ މި ދެ ދާއިރާއިން ތިން މެންބަރުން އައްޔަނުކުރުމަށްޓަކައި، ނޮމިނޭޝަންތައް ފޮނުއްވާ މުއައްސަސާތަކުން ކޮށްފައިވާ ކަމާ ގުޅޭ މަސައްކަތްތަކުގެ މައުލޫމާތު ހިމެނޭ ލިޔުމަކާ އެކު ނޮމިނޭޓް ކުރާ ގާބިލު މީހުންގެ މައުލޫމާތު ފޮނުވަން ވަނީ އެދިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.