ކައުންސިލުތަކުގެ ބައި-އިލެކްޝަން އަހަރަކު ދެ ފަހަރު ބާއްވަން ފާސްކޮށްފި

މިއަދު މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައިވާ ގޮތުން ކައުންސިލެއްގެ ގޮނޑިއެއް ހުސްވެއްޖެނަމަ އެ ގޮނޑިއަކަށް މެންބަރު އިންތިހާބުކުރުމަށް އިންތިހާބު ބާއްވާނީ އަހަރަކު ދެ ފަހަރު އެވެ.

20 ވަނަ މަޖިލީހުގެ މެންބަރުން -- ފޮޓޯ: މަޖިލިސް

ލޯކަލް ކައުންސިލުތަކުން ހުސްވާ ގޮނޑިތަކުގެ ބައި-އިލެކްޝަން އަހަރަކު ދެފަހަރު ބާއްވާ ގޮތަށް ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. 

ލޯކަަލް ކައުންސިލުތަކުގެ އިންތިހާބުގެ ގާނޫނު އިސްލާހުކޮށް ކައުންސިލުތަކުން ހުސްވާ ގޮނޑީގެ ބައި-އިލެކްޝަން ބޭއްވުމަށް މިހާރު ކަނޑައަޅާފައިވާ މުއްދަތު ބަދަލުކުރުމަށް ހުށަހަޅާފައިވަނީ ސަރުކާރުންނެވެ. 

ސަރުކާރުން ހުށަަހެޅި އިސްލާހު ދިރާސާކުރުމަށްފަހު ލާމަރުކަޒީ ކޮމިޓީން މިއަދު މަޖިލީހަށް ހުށަަހެޅި ރިޕޯޓުގައިވަނީ ސަރުކާރުން ހުށަަހެޅި ބިލު އޮތް ގޮތަށް އިސްލާހުކުރަން ފެންނަ ކަމަށެވެ. އެ ހުށަހެޅުމަށް މަޖިލީހުގެ މިއަދުގެ ވޯޓު ގަނޑީގައި އެހުމުން ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ހުށަހެޅުން ފާސްކުރި އެވެ. 

ލޯކަލް ކައުންސިލުތަކުގެ އިންތިހާބާ ބެހޭ ގާނޫނުގައި ކުރިން ބުނެފައިވަނީ ކައުންސިލެއްގެ ގޮނޑިއެއް ހުސްވެއްޖެނަމަ އެ ގޮނޑިއެއް ހުސްވި ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް މެންބަރަަކު އިންތިހާބުކުރަން ބައި-އިލެކްޝަނެއް ބާއްވަންވާނެ ކަމަށެވެ. 

އަދި ކައުންސިލުގެ ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ކުރިމަަތިލުމަށް އެދި ހުށަހަޅަން 14 ދުވަހުގެ މުހުލަތެއް ދިނުމަށްވެސް ގާނޫނުގައި ލާޒިމުކޮށްފައިވެ އެވެ. 

މިއަދު މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައިވާ ގޮތުން ކައުންސިލެއްގެ ގޮނޑިއެއް ހުސްވެއްޖެނަމަ އެ ގޮނޑިއަކަށް މެންބަރު އިންތިހާބުކުރުމަށް އިންތިހާބު ބާއްވާނީ އަހަރަކު ދެ ފަހަރު އެވެ. އަދި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލިކަން އިއުލާނުކުރާނެ މުހުލަތު ކަނޑައެޅުން އެ އިސްލާހުން ދޫކޮށްލާފައިވަނީ އެ ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދެއްގައި ހިމެނުމަށެވެ. 

ބައި-އިލެކްޝަންތަކަށް ބޮޑު ހޭދައެއް މިހާރު ގާނޫނު އޮންނަ ގޮތުން ގިނަ އަދަދަކަށް ބައި-އިލެކްޝަންތައް ކޮންމެ އަހަރެއްގައި ބާއްވަންޖެހުމުގެ ސަބަބުން ބައި-އިލެކްޝަންތަކަށް ކުރާ ހޭދަވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަަދި ހުއްޓުމެއް ނެތި ގިނަ އަދަދަކަށް ބައިއިލެކްޝަން އަބަދު ބާއްވަންޖެހުމަކީ އިލެކްޝަންސް ކޮމިޝަނުން ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރަމުން އަންނަ ކަމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.