ގާނޫނުއަސާސީއަށް 16 އަހަރު: މަޖިލީހުގެ ރައީސް ދެއްވީ ހައްގުތައް ކަށަވަރުކޮށްދޭނެކަމުގެ ޔަގީންކަން

މިހާރުގެ ގާނޫނުއަސާސީ އޭރުގެ ރައީސް މައުމޫނު ތަސްދީގު ކުރެއްވީ 2008 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 7 ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް

މިހާރު އަަމަލުކުރަމުންދާ އައު ގާނޫނުއަސާސީ ތަސްދީގުކޮށް އެއަށް އަމަލުކުރަން ފެށިތާ 16 އަހަރު ފުރުމުގެ މުނާސަބަތުގައި ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ހައްގުތައް ކަށަވަރުކޮށްދީ ނެގެހެއްޓުމުގައި 20 ވަނަ ރައްޔިތުންގެ މަޖިލިސް ދެމި އޮންނާނެ ކަމުގެ ޔަގީންކަން އެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްވައިފި އެވެ. 

މިއަދު މަޖިިލީހުގެ ޖަލްސާ ފައްޓަވަމުން އަބްދުއްރަހީމް ވިދާޅުވީ ހުރިހާ މެންބަރުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން މިއަދަކީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމު ތަސްދީގުކުރެއްވިތާ 16 އަހަރު ފުރޭ ދުވަސް ކަމަށެވެ.

ކުރު ގޮތަކަށް އައު ގާނޫނުއަސާސީ އެކުލަވައިލުމުގެ ތާރީހަށް އެމަނިކުފާނު އަލިއަޅުވައިލެއްވި އެވެ. އެގޮތުން 2004 ވަނަ އަހަރު ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތް ރައްޔިތުންގެ ހާއްސަ މަޖިލީހުން ފަށައި، އެ މަސައްކަތް މަޖިލީހުން ނިންމުމުން އެ ގާނޫނުއަސާސީ އެއިރުގެ ރައީސް ތަސްދީގުކުރެއްވީ 2008 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 7 ވަނަ ދުވަހުގައި ކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. 

ފެހި ގާނޫނުއަސާސީގެ ތާރީހަށް ކުރުކޮށް އަލިއަޅުވައިލެއްވުމަށްފަހު އަބްދުއްރަހީމްވަނީ އެ ގާނޫނު އަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ މެންބަރުންނަަށާއި، އެ ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް ޝުކުރު އަދާކުރައްވާފަ އެވެ. 

"މި ފުރުސަތުގައި މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަަތްކުރެއްވި ހާއްސަ މަޖިލީހުގެ ހުރިހާ އިއްޒަތްތެރި މެންބަރުންނަށާއި، އެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

އެއާއެކު ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހުރިހާ އަސާސީ ހައްގުތަކާއި މިނިވަންކަން ދިފާއުކޮށް ކަށަވަރުކޮށްދިނުމުގައާއި ގާނޫނުއަަސާސީން ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި 20 ވަނަ މަޖިލިސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް މަޖިލީހުގެ ރައީސް ދެއްވި އެވެ. 

"ގާނޫނުއަސާސީން އަޅުގަނޑުމެންނަށް ލިބިދީފައިވާ ހައްގުތައް ކަށަވަރުކޮށްދިނުމުގައި، އަދި ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ވާޖިބު އަދާކޮށް މުއައްސަސާތައް ޖަވާބުދާރީކޮށް ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ މަސްއޫލިއްޔަތު މި މަޖިލީހުން އަދާކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.