ނާޒިމަަށް ދިން އަދަބު ކުޑަ، ދައުލަތުން ހައިކޯޓަށް

ޕީޖީ އޮފީހުން މިރޭ ބުނީ ނާޒިމްގެ މައްސަލާގައި ކްރިމިނަލް ކޯޓުން އަދަބު ކަނޑައެޅި ގޮތާމެދު އެ އޮފީހުން ހިތްހަމަނުޖެހޭތީ އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކޮށްފައިވާ ކަމަަށެވެ. އިސްތިއުނާފު ކޮށްފައިވަނީ އަދަބު ކަނޑައެޅި ބައި އެކަންޏެވެ.

ގަލޮޅު ކެނެރީގެ ނާޒިމް ސައްތާރު ސިފަކޮށްދޭ ކުރެހުމެއް -- އޮރިޖިނަލް ފޮޓޯ މިހާރު

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ދައުވާ އުފުލި ގ. ކެނެރީގެ، ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހު ގޭގައި ބަންދު ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމާމެދު ހިތްހަމަނުޖެހޭތީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

އެކަން ޕީޖީ އޮފީހުން “މި” ނޫހަށް ދެންމެ ކަަށަވަރު ކޮށްދިނެވެ.

ސިއްރުން ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ނާޒިމްގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާއަށް އޭނާ ވަނީ އިއުތިރާފު ވެފަ އެވެ. އެހެން ކަމުން ނާޒިމްގެ މައްސަލަ އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންގޮސް މިދިޔަ މަހުގެ 15 ވަނަ ދުވަހު ވަނީ ހުކުމްކޮށްފައެވެ.

ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމުގައި ކުށަށް އޭނާ އިއުތިރާފުވެފައިވާތީ އާއި މިއީ ކުށެއްގެ ގޮތުގައި ދައުވާ އުފުލި އޭނާގެ މައްޗަށް ޝަރީއަތް ހިންގުނު ފުުރަތަމަ ފަހަރު ކަމަށްވާތީ އަދަބު ކަނޑައެޅީ ދެ ދަރަޖަ ދަށްކޮށެވެ. އަދަބަކަށް ކަނޑަައެޅީ ތިން މަހާއި 26 ދުވަހަަށް ގޭގައި ބަންދު ކުރުމެވެ.

ގާނޫނުލްއުގޫބާތުގަައިވާ ގޮތުން އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ޕީޖީ އޮފީހުން މިރޭ ބުނީ ނާޒިމްގެ މައްސަލާގައި ކްރިމިނަލް ކޯޓުން އަދަބު ކަނޑައެޅި ގޮތާމެދު އެ އޮފީހުން ހިތްހަމަނުޖެހޭތީ އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކޮށްފައިވާ ކަމަަށެވެ. އިސްތިއުނާފު ކޮށްފައިވަނީ އަދަބު ކަނޑައެޅި ބައި އެކަންޏެވެ.

ބަންގާޅުގެ އެމްޑީ އަލަމްގިރް: އެއްޖިންސުން ގުޅުން ހިންގައި ވިޑިއޯކޮށް އޮރިޔާން ކާޑު އުފެއްދި

ބަންގާޅުގެ އެމްޑީ އަލަމްގީރްއާއެކު ދިވެހީންގެ ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާފައިވާއިރު އެ މައްސަލަ އާންމުންގެ ތެރެއަށް ބޭރުވީ ނާޒިމް އާއި އަލަމްގީރު ގުޅުން ހިންގާ މަންޒަރު ފެންނަ ސާފު، ދިގު ވީޑިއޯއެއް އާންމުވި ހިސާބުންނެވެ. އެ ވީޑިއޯ އާންވުމުން އެއީ ފޭކެއް ކަމަށް ނާޒިމް ވިދާޅުވި އެވެ. ނަމަވެސް ފަހުން އެކަމާއި ގުޅޭ ގޮތުން ވާހަކައެއް ނުދައްކަވަ އެވެ. އަލަމްގީރު ބުނާ ގޮތުން އޭނާ ވަނީ ނާޒިމްގެ، ކެނެރީގެއަށް ވެސް ގޮސް އޭނާއާ ގުޅުން ހިންގާފަ އެވެ. އެކަން ކޮށް ދިނުމުން ހަދިޔާއެއްގެ ގޮތުގައި ބައެއް ފަހަރު 1000 ރުފިޔާ / ބައެއް ފަހަރު 100 ޑޮލަރުވެސް ދެއެވެ.

ރާއްޖޭގެ ހައި ޕްރޮފައިލް ސިޔާސީ މީހުނާއި ވިޔަފާރި ވެރިންނާއި ފުލުހުންނާއި ސިފައިންނާއި ރިސޯޓް މުވައްޒަފުންނާއެކު ވަކި ވަކީން އެއް އެނދެއްގައި އެއް ޖިންސުން ގުޅުން ހިންގި ކަމަށް އާންމު އިއުތިރާފެއް ވެފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިގެ މައްޗަށް ތިން ދައުވާއެއް ވަނީ ސާބިތުވެފައެވެ. އެ ދައުވާތައް ސާބިތުވެ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައެވެ.

އަލަމްގިރިއާއެކު އެއް ޖިންސުން ޖިންސީ ގުޅުމެއް ހިންގި ކަމަށް ދެން ތުހުމަތު ވެފައިވަނީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެކެވެ. އަދި ހޯމް މިނިސްޓްރީގެ މުވައްޒިފަކާއި އިމާދުއްދީން ސުކޫލުގެ ޓީޗަރެވެ. އެ މީހުންގެ ތެރެއިން ނަޝީދު އާއި ފުލުސް މީހާއަށް ވަނީ ދައުވާ ކޮށްފައެވެ. ނަޝީދުގެ ޝަރީއަތްވެސް ވަނީ ފަށާފައެވެ. ފުލުހުން ބުނާ ގޮތުން 38 މީހަކާއެކު އަލްމަގީރު ގުޅުން ހިންގާ ވީޑީއޯ ތަހުގީގަށް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ދިވެހީންނާއި ލަންކާ / އިންޑިއާ މީހުން ހިމެނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.