"ކުރީ ސަރުކާރުން ސިއްހި ނިޒާމަށް ދިން އަޅާލުން ކުޑަ"

"ވަރަށް ބޮޑަށް އަޅާލުން ކުޑަކޮށް މިހާ ރައްޔިތުންނާ ގާތުން ހިދުމަތްދޭ މުހިންމު ހިދުމަތެއް ދޫކޮށްލެވިފަ އޮތްކަން އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި ސިއްހީ ނިޒާމަށް އަޅާނުލުމުގެ ސަބަބުން ހޮސްޕިޓަލްތަކާ ސިއްހީ މަރުކަޒުތަކުގެ ފެންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު ސިއްހީ ނިޒާމް އޮތް ހާލަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ހިންގާ އިމާރާތަކަށް އަޅާލާފައި ނުވާއިރު، އެތަންތަނުން ދޭ ހިދުމަތްތަކުގެ ފެންވަރު ވެސް ރަގަޅުކޮށްފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު އަމިއްލަ ލޮލުން ދުށް ބައެއް ތަންތަން، ލަކުޑި ދޮރު ހުރެއްޖިއްޔާ ހުންނަނީ ބޮއެފަ، އޭގެ ތެރޭގަ އެކި ވައްތަރު ވައްތަރުގެ ފަންޏާ އެއްޗެހި އުޅޭތަން އަޅުގަނޑު ލޮލުން ދުށިން. މިވާހަކަ ލޮލުން ދެކިފަ އަޅުގަނޑު މި ދަންނަވަނީ،" ސިއްހީ ހިދުމަތްދޭ ތަންތަން ހުރި ހާލަތުގެ މިސާލެއް ދެއްވަމުން މިނިސްޓަރު ވިދާޅުވު އެވެ.

މިނިސްޓަރު ވިދާޅުވީ މިސަރުކާރުން ހަވާލުވިއިރު ގިނަ ތަންތަނުން ފެން ލީކުވަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތައް ވެސް ހިމެނޭ ކަމަށެވެ. އެތަންތަން ހުރީ އާބާތުރަ ފިލުވައި މަރާމާތު ކުރަން ޖެހިފަ އެވެ.

މިނިސްޓަރު ވިދާޅުވީ 100 އާ ގާތްކުރާ ހޮސްޕިޓަލްތަކުގައި ޑޮކްޓަރުންނާއި ނަރުހުން ވެސް މަދު ކަމަށެވެ. އެތަންތަނުގައި ބޭނުން ކުރަމުން ދިޔަ ކަތުރުތަކުގައި ވެސް ހުރީ ދަބަރު ޖަހާފައިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ވަރަށް ބޮޑަށް އަޅާލުން ކުޑަކޮށް މިހާ ރައްޔިތުންނާ ގާތުން ހިދުމަތްދޭ މުހިންމު ހިދުމަތެއް ދޫކޮށްލެވިފަ އޮތްކަން އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮންމެ ސަރުކާރެއް އޮތަސް ސިއްހީ ހިދުމަތުން ރައްޔިތުން މަހުރޫމު ވެގެން ނުވާނެ ކަމަށާއި، އެކަން ކުރެވޭނީ މި ހިދުމަތަށް އަޅާލައި ޑޮކްޓަރުންނާއި ނަރުހުން ބައިތިއްބައި، ޒަމާނަށް ފެތޭނެ ފެސިލިޓީތަކެއް ގާއިމް ކޮށްދީގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.