މޯލްޑިވިއަންއިން ބުނީ އެންމެ އިސްކަމެއް ދޭނީ ފަސިންޖަރުންނާއި ކްރޫއިންގެ ސަލާމަށެވެ. ހަމަނުޖެހުން ބޮޑުވުމުގެ ސަބަބުން ބަންގާޅު އެއާޕޯޓް ބައެއް ގަޑިތަކަށް ބަންދު ކުރެ އެވެ.
ބަންގާޅުގެ ވެރިކަން ކުރާ ސަރުކާރު ވައްޓާލައި ހަމަ ނުޖެހުން ހިންގަމުން ދިއުމާއެކު، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއިން އެ ގައުމަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
މޯލްޑިވިއަން އިން ބުނީ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލި ނަމަވެސް ބަންގާޅުގެ ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ. ހަމަނުޖެހުންތައް ބޮޑުވުމުގެ ސަބަބުން ބަންގްލަދޭޝްގެ އެއާޕޯޓު ވަނީ ހަ ގަޑިރަށް ބަންދުވެސް ކޮށްފަ އެވެ.
ގައުމީ އެއާލައިން އިން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް އިސްކަންދޭނީ ކްރޫއިންނާއި ފަސިންޖަރުންގެ ސަލާމަތަށެވެ.
ބަންގާޅުގެ ހަމަނުޖެހުން ތަކުގެ ސަބަބުން ދުނިޔޭގެ ގިނަ އެއާލައިންތަކުން ކުރަމުންދާ ދަތުރުތައް ވަނީ މެދުކަނޑާލާފަ އެވެ.
ބަންގާޅުގައި ހަމަނުޖެހުން ހިންގަން ފެށީ ސަރުކާރުގެ ވަޒީފާތަކަށް މުވައްޒަފުން ނަގަން ގެންގުޅޭ އުސޫލާ މެދު ހިތްހަމަ ނުޖެހިގެންނެވެ. އެ ގައުމުގެ ޔުނިވާސިޓީ ދަރިވަރުން ހިންގަން ފެށި ހަމަނުޖެހުމުގެ ސަބަބުން ބަންގާޅުގައި 17 އަހަރު ވެރިކަން ކުރަމުން ދިޔަ ބޮޑުވަޒީރު ޝައިހް ހަސީނާގެ ވެރިކަން ވެއްޓި ވަނީ ގައުމުން ފިލައިގެން ވަޑައިގެންފަ އެވެ.