ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރާނެ ބަޔަކު ހޯދަނީ

ސަރުކާރުން ބޭނުން ވަނީ 10 އަހަރުގެ އެކްސްކްލޫސިވިޓީއެއް ދީގެން ފަތުރުވެރިކަމަށް ހެލިކޮޕްޓަރު ޕެސެންޖާ ޓްރާންސްފާ ކުރުމުގެ ފުރުސަތު ދޭށެވެ،

ރާއްޖޭގައި ކުރިން ހިދުމަތް ދިން ހަމިންބާޑް ހެލިކޮޓަރު؛ ހިދުމަތް ފަށަން ސަރުކާރުން ވަނީ ނިންމާފައި

ރާއްޖޭގައި ހެލިކަޕްޓަރުގެ ހިދުމަތް އަލުން ފަށަން އެ އުނޅަދު އޮޕަރޭޓް ކުރުމަށް ބޭނުންވާ މީހުން ހޯދަން އިއުލާން ކޮށްފި އެވެ

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އިމާޖެންސީ ހާލަތަށާއި ޓޫރިޒަމަށް އެހީތެރި ވެދޭން ރާއްޖޭގައި ފަށާ ހެލިކޮޕްޓަރު ދަތުރުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެ ކަމަށް ހާއްސަ އިއުލާނެއް ވެސް އިއްޔެ ވަނީކޮށްފަ އެވެ. އޭގައި ބުނަނީ ހެލިކޮޕްޓަރުގެ ހިދުމަތް ރާއްޖޭގައި ދޭ ފަރާތްތަކުން ރެޕިޑް މެޑިކަލް ރެސްޕޮންސްތަކަށް ހެލިކޮޕްޓަރު ބޭސްޑް އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ވާނެ ކަމަށާއި ހުރިހާ ސަރަހައްދެއްގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ހެލިކޮޕްޓަރު ބޭނުން ކުރާއިރު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކޮމާޝަލް ޕެސެންޖަރު ޓްރާންސްޕޯޓް ތައާރަފް ކުރަން ޖެހޭނެ ކަމަށެވެ.

ސަރުކާރުން ބޭނުން ވަނީ 10 އަހަރުގެ އެކްސްކްލޫސިވިޓީއެއް ދީގެން ފަތުރުވެރިކަމަށް ހެލިކޮޕްޓަރު ޕެސެންޖާ ޓްރާންސްފާ ކުރުމުގެ ފުރުސަތު ދޭށެވެ،

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.