"ސާޔާ" މާދަމާ ރޭ؛ ޔޫއްޕެގެ އެންމެ ތަފާތު މަސައްކަތް

"ސާޔާ" ގެ ޕްރިމިއާއަށް ވަގުތު ކުޑަތަންވަމުންދާއިރު ފިލްމުގެ ޑައިރެކްޓަރު، ޔޫސުފް ޝަފީއު (ޔޫއްޕެ) ހުރީ ވަރަށް ބޮޑަށް ހިތްހަަމަޖެހިފަ އެވެ.

ޝައި ޕްރޮޑަކްޝަންގެ "ސާޔާ" މާދަމާ ރޭ އޮލިމްޕަހުގައި ޕްރިމާ ކުރާނެ: މިއީ ކުޅަދާނަ / މޮޅު ޑައިރެކްޓަރު ޔޫސުފް ޝަފީއުގެ އެންމެ ތަފާތު އެންމެ މޮޅު އެއް ފިލްމަށް ވާނެ

ފިލްމުގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ އާ ފިލްމު "ސާޔާ" މާދަމާ އޮލިމްޕަހުގައި ޕްރިމިއާ ކުރާނެ އެވެ. މި ފިލްމަކީ މި އަހަރު ސްކްރީނަށް އަންނާނެ އެންމެ ރީތި އެއް ފިލްމަށް ވާނެ ކަމަށް ކުރިއްސުރެ އޮތީ ބެލެވިފަ އެވެ. ފިލްމުގެ ޓީޒާ އާއި އޮފިޝަލް ޓްރެއިލާ އަދި ޕްރޮމޯޝަނަލް ވަރަށް ގިނަ ވީޑިއޯ މިހާރު ވަނީ އާންމުކޮށްފަ އެވެ. އެއިން ކޮންމެ ރިލީޒިން އަކުން ފިލްމަށް ކުރެވޭ އިންތިޒާރު އިތުރު ކުރުވަ އެވެ. ފިލްމު ބަލަން ޝައުގުވެރިކަން އުފައްދަ އެވެ. 

"ސާޔާ" ގެ ޕްރިމިއާއަށް ވަގުތު ކުޑަތަންވަމުންދާއިރު ފިލްމުގެ ޑައިރެކްޓަރު، ޔޫސުފް ޝަފީއު (ޔޫއްޕެ) ހުރީ ވަރަށް ބޮޑަށް ހިތްހަަމަޖެހިފަ އެވެ. މިއީ މުޅީން ތަފާތު ކޮންސެޕްޓަކަށް އުފައްދާފައިވާ ފިލްމެކެވެ. ވަރަށް ބޮޑު ޗެލެންޖެއް ވެސް މެ އެވެ. ނަމަވެސް އެ ޗެލެންޖު ނަގާ ފިލްމުގެ ހުރިހާ މަސައްކަތެއް ނިންމާލުމަށް ފަހު ޔޫއްޕެ މިއަދު ހުރީ އުފުލަމުންނެވެ.

"ދަމިރާ" އާ ވާހަކަ ދައްކަމުން ޔޫއްޕެ ބުނީ އޭނާގެ ކޮންމެ ޑައިރެކްޝަނަކީ ވެސް ތަފާތު ޑައިރެކްޝަނަކަށް ހެދުމަށް މަސައްކަތް ކުރާ ކަމަށެވެ. މިހާތަނަށް ކުރެވުނު ހުރިހާ މަސައްކަތްތަކާ "ސާޔާ" ތަފާތު ކަމަށް ބުންޏެވެ. 

އެންމެ ބޮޑު އެއް ތަފާތަކީ ފިލްމުގެ ދައްކުވައިދޭ ތަފާތު ސްޓޯރީތަކެވެ. ވަރަށް ލޯބިން އުޅޭ ދެމަފިރިއެއްގެ ދިރިއުޅުމަށް ތިންވަނަ މީހަކު ވަދެ ދެން ހިނގާ އެކި ހާދިސާތައް ވެގެންދާނީ ދިވެހި ސިނަމާއަށް ތަފާތު ވާހަކަ އަކަށެވެ. 

"މިއީ މިހާތަނަށް ނުފެންނަ ކަހަލަ ވާހަކައެއް. އެކަން ފިލްމު ބަލާފައި ބެލުންތެރީން ވެސް ފާހަގަ ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް،"

ސާޔާގެ މަންޒަރެއް

މި ފިލްމު ގެނެސް ދިނުމަށް ކުރިމަތިވި އެންމެ ބޮޑު ޗެލެންޖަކީ މިއީ މުޅިން ވެސް އައުޓް ޑޯ ގެ މަންޒަރުތައް ހިމަނާފައިވާ ފިލްމަކަށް ވުމެވެ. މުޅި ފިލްމު ނަގާފައި ވަނީ ރ. މާކުރަތުގެ ވަލުތެރޭގަ އެވެ. ފިލްމަށް މުޅި ސަރަހައްދަށް ބަދަލު ގެންނަން ޖެހުނެވެ.

ރޭގަނޑުގެ އަނދިރި މަންޒަރުތަކާއި / ފިލްމުގައި ހިމެނޭ ބިރުވެރި މަންޒަރުތައް މޮޅަށް ގެނެސް ދިނުން ވެގެން ދިޔައީ ކިތަންމެ ޗެލެންޖިން / ބުރަ މަސައްކަތްތަކަކަށް ނަމަވެސް ފިލްމުގެ ކޮންމެ މަންޒަރަކާ މެދު ޔޫއްޕެ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފަ އެވެ. ފިލްމުގެ މަންޒަރުތައް އެހާ ވެސް ޗާލު ވެފައި ހިތްގައިމު ވާނެ އެވެ. ވަރަށް ނެޗެރަލް ވާނެ އެވެ. ފުރިހަމަ އަލީ ގައި ބެލުންތެރީންނަށް ހުރިހާ މަންޒަރުތައް ބަލައިލެވޭނެ އެވެ.

އެކަމުގެ ހުރިހާ ޝުކުރެއް ޔޫއްޕެ ހާއްސަ ކުރީ ކުޅަދާނަ ކެމެރާމަން މާސްކޭ އަށެވެ.

"ބިރުވެރި މަންޒަރުތައް ވަރަށް ތަފާތު ގޮތަކަށް ގެނެސްދީފައި ހުންނާނީ. ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ. ވަރަށް ހިތްހަމަޖެހިގެން މި ހުރީ،"

އެންމެ ހިތްހަމަޖެހޭ ޑައިރެކްޝަން

ޔޫއްޕެ އަކީ މިވަގުތު ދިވެހި ފިލްމީ އިންޑަސްޓްރީގައި ހުރި އެންމެ ތަޖުރިބާކާރު އެއް ޑައިރެކްޓަރެވެ. ކުރު ފިލްމުތަކުގެ ޑައިރެކްޝަންގެ ތެރެއިން ވަރަށް ބޮޑަށް ވިދާލި ޔޫއްޕެގެ ކޮންމެ ފިލްމަކީ ވެސް ބެލުންތެރީންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމުތަކެކެވެ.

ޔޫއްޕެ ބުނި ގޮތުގައި އަބަދުވެސް މަސައްކަތް ކުރަނީ އެއް ފިލްމަށް ވުރެ އަނެއް ފިލްމުގެ ސްކްރީންޕްލޭ މޮޅު ކުރާށެވެ. ޑައިރެކްޝަން ފުރިހަމަ ކުރާށެވެ.

"ސާޔާ" އަކީ މިވަގުތާ ހަމައަށް ޔޫއްޕެގެ އެންމެ ތަފާތު މަސައްކަތެވެ. މިއީ އެއް ފިލްމަކަށް އެންމެ ބުރަކޮށް އޭނާ މަސައްކަތް ކުރި ފިލްމެކެވެ.

ފޭނުންނަށް ޔޫއްޕެ ދޭ މެސެޖަކީ މިއީ އޭނާގެ އެންމެ ތަފާތު އުފެއްދުމަށް ވާނެ ކަމެވެ. 

ސާޔާގެ ބައެއް މަންޒަރުތައް

އައްޔުމަންއާ މާސްކޭގެ މަސައްކަތުން ފިލްމަށް ބޮޑު ފުރިހަމަ ކަމެއްް

"ސާޔާ" މިހާރު އޮތް ގޮތަށް ފެނުމުގައި ޔޫއްޕެގެ ނަޒަރުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ކެމެރާމަން މާސްކޭ އާއި ފިލްމުގެ ބެކް މިއުޒިކު ތައްޔާރުކޮށް ދިން އައްޔުމަން އެވެ.

ފިލްމުގެ މަންޒަރުތައް އެހާ ފުރިހަމައަށް ގެނެސް ދިނުމަށް ލައިޓިން ހެދުމަށް މާސްކޭގެ ޓީމުން ކުރި މަސައްކަތާއި މަންޒަރުތައް ރީތިކޮށް / ނަލަކޮށް / ފުރިހަމަ އިހުސާސު ގައި ގެނެސްދޭން ކޮށްފައިވާ މަސައްކަތް ވަރަށް ބޮޑަށް ޔޫއްޕެ ފާހަގަ ކުރި އެވެ.

މިއީ މިހާތަނަށް އުފައްދާ ފިލްމެއްގައި ނެޗްރަލް ސައުންޑް އެންމެ ގިނައިން ބޭނުން ކޮށްފައިވާ އެއް ފިލްމެވެ. ބޭނުމަކީ ބެލުންތެރީންނަށް ފިލްމުގެ މަންޒަރުތަކުން ހަގީގީ އިހުސާސް ކޮށް ދިނުމެވެ. ޔޫއްޕެ ބުނި ގޮތުގައި މާހައުލު ގައި ހުންނަ އަޑުތައް ހާލަތާއި ގުޅުވައިގެން ގެނެސްދީފައިވަނީ ވަަރަށް ފުރިހަމަ އަށެވެ.

"މުޅި ފިލްމުގައި ނެޗްރަލް އަޑުތައް ބޭނުންކޮށްފައި ހުންނާނެ. އަޅުގަނޑަށް ދެވޭނެ ޔަގީން ކަމެއް އެއީ ފިލްމު ބަލަމުންދާއިރު އެ އަޑުތަކާއި މަންޒަރުތަކުން ހީވާނެ ކުރިމަތީ ހިނގަމުންދާ ކަމެކޭ މިއީ. އެހާވެސް އަޅުގަނޑަށް ފުރިހަމަ އެ ދެ ބޭފުޅުން [މާސްކޭ އާ އައްޔުމަން] ގެ މަސައްކަތް،"

ޝައި ޕްރޮޑަކްޝަންގެ އާ ފިލްމު "ސާޔާ"

އާޝާއަށް ތައުރީފު، ޖިމީ އަކީ އެއްވަނަ

ފިލްމުގައި ހަރަކާތްތެރިވާ ތަރީންގެ އެކްޓިންއާ އެކު ޔޫއްޕެ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ. ހާއްސަކޮށް ފިލްމުގެ މައިގަނޑު ދެ ތަރީން ކަމަށްވާ އާޝާ އާއި ޖިމީގެ އެކްޓިން އެެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު ފޭވަރިޓަކީ އަބަދުވެސް ޖިމީ. އެއީ ކޮންމެ ކަހަލަ ކެރެކްޓާއެއް ވެސް ކުޅެލެވޭނެ ފަދަ މޮޅު އެކްޓަރެއް. މި ފިލްމުގައި އަދި މުޅިން ތަފާތު،"

މިއީ އާޝާ އާއެކު ފިލްމެއްގައި ޔޫއްޕެ ކުރި ފުރަތަމަ މަސައްކަތެވެ. ނަމަވެސް އާޝާގެ އެކްޓިން އިން ޔޫއްޕެ ހައިރާން ކޮށްލި އެވެ. ކޮންމެ މަންޒަރަށް އާޝާ ތައްޔާރުވާ މިންވަރާއި އޭނާގެ ފަރާތުން ފެނުނު އެކްޓިން އަށް ޔޫއްޕެ ދިނީ 100 އެވެ.

"ވަރަށް ޑެޑިކޭޑް އަސްލު، މަންޒަރުތައް ތައްޔާރުވުން، ސްކްރީންޕްލޭ ހުށައަޅައި ދިނުން. އުންމީދު ކުރި ވަރަށް ވުރެ މާ ބޮޑަށް އޭނާ [އާޝާ] ވަނީ ޕްރެޒެންޓް ކޮށްދީފައި. ވަރަށް އުންމީދީ ފަންނާނަކަށް ވާނެކަމަަށް އަޅުގަނޑަށް ޔަގީން ކުރެވޭ،"

ޔޫއްޕެ ބުނި ގޮތުގައި އާޝާގެ ފަރާތުން ފެނުނީ އާ ޕާފޯމަންސް އެއް ނޫނެވެ. އެކްޓިން ދަށޭ ބުނާނެ އެންމެ މަންޒަރެއް ވެސް ފިލްމުން ނުފެންނާ އެވެ.

ޔޫއްޕެ ވަނީ ފިލްމުގެ މަސައްކަތަށް މާކުރަތުން ލިބުނު އެހީތެރިކަން ޝުކުރުވެރިކަމާ އެކު ފާހަގަކޮށްފަ އެވެ. ހާއްސަކޮށް ޝޫޓިން ކުރިއަށް ގެންދިޔަ ސަރަހައްދަށްކަރަންޓް ލުމާއި ސެޓަޕް ހެދުމުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރި އެވެ.

ފިލްމު މުޅީން ޝޫޓް ކުރެވުނީ ތިން ފަހަރެއްގެ މަތީން އެ ރަށަށް ގޮސްގެނެވެ. ވިއްސާރައިގެ ސަބަބުން އެތައް ފަހަރަކު ޝޫޓިންއަށް ބުރޫ އެރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.