އޯ ލެވެލް ނިންމާ ކުދިން ހަޔާ އެޑިއުކޭޝަނުން ފުރުސަތު ދެނީ

މި ފުރުސަތު ދެނީ ވަޒިފާގެ މާހައުލަށް ނުކުންނަ ދަރިވަރުންނަށް ތަޖުރިބާ ފޯރުކޮށްދޭށާއި މަސައްކަތުގެ ޝައުގުވެރިކަން އުފައްދާށެވެ. މި ހާއްސަ ފުރުސަތު ދެނީ ތިން މަސް ދުވަހަށެވެ.

އޯ ލެވެލް ނިންމާ ދަރިވަރުންނަށް ވޮލަންޓިއަރުންގެ ގޮތު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތް ކުރުމުގެ ފުރުސަތު ދޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ. 

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ދޭން ނިންމައި އަންނަ ބުދަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ދަރިވަރުން ހުށަހަޅަން ޖެހެނީ ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ލިޔުމަކާއި ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެހާއި ސީވީ އާއި އައިޑީ ކާޑުގެ ކޮޕީ އެވެ. އަދި 18 އަހަރު ފުރިފައި ނުވާ ނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެކެވެ.

މި ފުރުސަތު ދެނީ ވަޒިފާގެ މާހައުލަށް ނުކުންނަ ދަރިވަރުންނަށް ތަޖުރިބާ ފޯރުކޮށްދޭށާއި މަސައްކަތުގެ ޝައުގުވެރިކަން އުފައްދާށެވެ. 

ސަރުކާރުގެ މި ހާއްސަ ފުރުސަތު ދެނީ ތިން މަސް ދުވަހަށެވެ. އެ މުއްދަތަށްވުރެ އިތުރަށް މަސައްކަތް ކުރަން ބޭނުން ނަމަ އެ ފުރުސަތު ވެސް ދޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.