ފިރިހެން ކުއްޖަކާ ބެހުނު ބޮޑު ފިރިހެނަކު ހައްޔަރުކޮށްފި

މި މަހުގެ ހަވަނަ ދުވަހު އެ މީހާ ހައްޔަރު ކުރީ ކޯޓް އަމުރެެއްގެ ދަށުންނެވެ. އެ މީހާގެ ބަންދާއި މެދު ގޮތްނިންމަން ހަތް ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ބަންދު މަޖިލީސް ކުރިއަށް ގެންދެވި ގާޒީ ވަނީ ދެއްވާފައެވެ.

ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ބޭއްވި އިހުތިޖާޖެއް

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި ސައުތު ސެންޓްރަލް ޕޮލިސް ރީޖަން -- މ، ފ، ދ، ތ، ލ -- ގައި ހިމެނޭ ރަށެއްގައި 14 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މި މަހުގެ ފަސްވަނަ ދުވަހު އެ ހިދުމަތަށް ހުށައެޅުނެވެ. މި މައްސަލައިގެ ތުހުމަތު އޮތް އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.

މި މަހުގެ ހަވަނަ ދުވަހު އެ މީހާ ހައްޔަރު ކުރީ ކޯޓް އަމުރެެއްގެ ދަށުންނެވެ. އެ މީހާގެ ބަންދާއި މެދު ގޮތްނިންމަން ހަތް ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ބަންދު މަޖިލީސް ކުރިއަށް ގެންދެވި ގާޒީ ވަނީ ދެއްވާފައެވެ.

ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކަންބޮޑުވާން ޖެހޭ މިންވަަރަށް ވަނީ އިތުރުވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.