ރައީސް ޔާމީން ގެންދަވަނީ އަމިއްލަފުޅަށް އަގު ވައްޓާލަމުން: ޝުޖާ

ޝުޖާ ވިދާޅުވީ އެކެއް، އަނެކަކަށް ކުރާ އިހުތިރާމާއި ގަދަރު ނެތި ދަނީ ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ ވެރިކަމުގެ ދަހިވެތި ކަމުން ކަމަށް ރައްޔިތުންގެ ގިނަ ބަޔަކު ދެކޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާައިރާގެ މެންބަރު އިބްރާހީމް ޝުޖާއު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަށުދަރަޖައަށް ވަޑައިގަތުމަކީ ލަދުވެތި ކަމެއް ކަމަށް ވިދާޅުވެ، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، ރައީސް ޔާމީނަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ޕާޓީން އެންމެ ފަހުން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުންނާއި ގުޅުވައިގެން ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ދެއްކެވި ޒާތީ ވާހަކަ ތަކަކަށް ރައީސް ޔާމީން ވަނީ އެ ރޭ ހިތްވަރު ދެއްވާފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވާ ޝުޖާއު ވިދާޅުވީ ރައީސް ޔާމީން އެފަދަ ދަށް ފެންވަރަށް ވަޑައިގަތުމަކީ ލަދުވެތި ކަމެއް ކަމަށާއި އަދި އެއީ ޒާތީވުން ކަމަށެވެ. 

އޭނާ އަދި ވިދާޅުވީ ކޮންގްރެސް ޕާޓީ އާއ ޕީޕީއެމް އިދިކޮޅުގައި އޮތް އިރު އެމްޑީޕީން ރައީސް ޔާމީނާ ޒާތީ ނުވާ ވަރަށް  ރައީސް މުއިއްޒުގެ ޒާތީ ދިރިއުޅުމާ ރައީސް ޔާމީން ބެހި ވަޑައިގެން ފުރައްސާރައާ މަލާމާތް ކުރައްވަން ފެއްޓެވުމުން އެ ވައްޓާލައްވަނީ އަމިއްލަފުޅު އަގު ކަމަށެވެ.

ޝުޖާ ވިދާޅުވީ އެކެއް، އަނެކަކަށް ކުރާ އިހުތިރާމާއި ގަދަރު ނެތި ދަނީ ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ ވެރިކަމުގެ ދަހިވެތި ކަމުން ކަމަށް ރައްޔިތުންގެ ގިނަ ބަޔަކު ދެކޭ ކަމަށެވެ. ޒާތީވެ ވަޑައި ނުގެން ސިޔާސަތަށް ފާޑުކިޔަން  ކެރިވަޑައި ނުގަންނަވާ ކަމަށެވެ.

އަދި ވިދާޅުވި އެވެ: "ސިޔާސަތަށް ފާޑު ކިޔޭކަށެއް ނެތް. ހަދަން ޖެހެނީ ހުސް ދޮގު. ވެރިކަން ގެއްލުނީ ތެދަށް ވުރެ ދޮގު ހެދޭލެއް ބޮޑުވީމަ ކަމަށް މިހާރު ގަބޫލު ކުރެވޭ،" ޝުޖާއު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.