ވާހަކަ

ދެ ހިތް ވަކިވެވި ނުދާ – އެޕިސޯޑް 11

ލައިލާގެ ދުލުން ގޮވަމުން ދިޔައީ ބަތާންގެ ނަމެވެ. ބަތާންގެ ކޮންމެ ހަރަކާތްތަކަށް ލައިލާ ލެނބިގެން ދިޔައީ ލައިލާގެ އެއްވެސް އިޚްތިޔާރެއް ނެތި އެވެ.

- އެޕިސޯޑް 11 –

ލައިލާގެ ހިތުގެ ތެރޭގައި ބަތާންއަށް ޚާއްސަ މަޤާމެއް ދެވިގެން ދިޔައީ އޭނާގެ އިޚްތިޔާރުން ބޭރުންނެވެ. ބަތާންގެ ބީހުން ތަކަށް ލައިލާ ހަމަ ރަނގަޅަށް ވެސް ލެބޭ ގޮތް ވިއެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ލައިލާގެ ހިތުގެ ތެރޭގައި އޮތް ބިރުވެރިކަން ފިލައިގެން ދިޔައީ އޭނާ ހީވެސް ނުކޮށް ހުއްޓައެވެ.

ހުއްޓުމެއް ނެތި ލިބެމުން ދިޔަ ތަދާއި ވޭނަކީ މަސްތީ އުފަލާ އަރާމް ކަމުގައި ބަލައިގެން ލައިލާ ދިޔައީ އެ އިޙްސާސްތަކަށް އާދޭސް ކުރަމުންނެވެ.

ގަދަ ނިދީގައި އޮތް ކާސިމަށް ހޭލެވުނީ ލައިލާގެ އަޑަށެވެ. ފުންމައިގެން އެނދުން ތެދުވެ ކާސިމް ބަލައިލީ އެނދުގައި ނިދާފައި އޮތް މުނީރާއަށެވެ. އެއްވެސް އަޑެއް، އެއްވެސް ކަމެއްގެ ހިލަމެއް މުނީރާއަށް ނުވާ ފަދައެވެ. މުނީރާ އޮތީ ގަދަ ނިދީގައެވެ. ނަމަވެސް ކާސިމްގެ ކަންފަތުގެ ހިނދުރި ފަޅައިގެން ދާވަރަށް އޭނާއަށް ދިޔައީ ލައިލާގެ އަޑު އިވެމުންނެވެ.

އެއީ ބައްޕައަކު އަޑު އަހާލަން ފަސޭހަ ވާނެ އަޑެއް ނޫނެވެ. ކާސިމްގެ ކަންފަތުގައި ޖެހެމުން ދިޔައީ އޭނާގެ ދަރިފުޅުގެ މަސްތީ އަޑެވެ. މަސްތީ ކަމަށް އާދޭސް ކުރަމުންދާ އަޑެވެ. ކާސިމް ޖެހިލުން ވިއެވެ. ހިތުގައި ކޮންމެވެސް ވަރެއްގެ ހާސް ކަމެއް ވެރިވެގެން ދިޔައެވެ. މަޑުމަޑުން ކާސިމް ހިނގައިގަތީ ކޮޓަރީގެ ދޮރާ ދިމާލަށެވެ. އަދި ވަރަށް މަޑުމަޑުން ކޮޓަރިން ނުކުތީ ނިދާފައި އޮތް މުނީރާއަށް ބަލަމުންނެވެ.

ކާސިމް ހިނގާފައި ގޮސް ހުއްޓުނީ ލައިލާގެ ކޮޓަރީގެ ދޮރުމަތީގައެވެ. އެވަގުތު މުޅި އެ ސަރަހައްދުން އިވެމުން ދިޔައީ ލައިލާގެ އަޑެވެ. ކަރު ބުޑުން ލައިލާ ފެލެމުންދާ އަޑެވެ. ޖެހިލުންވެ ހުރެ ކާސިމް ހިފައިލީ ލައިލާގެ ކޮޓަރީގެ ތަޅުގައެވެ. ތަޅުގައި ހިފާލުމާ އެކު ދޮރު ހުޅުވެއްޖެއެވެ. ދެލޯ ބޮޑުކޮށްގެން ހުރެ ކާސިމް ބަލައިލީ ކޮޓަރި ތެރެއަށެވެ. އެއްވެސް މީހެއްގެ ހިލަމެއް ކޮޓަރި ތެރެއިން ފެންނާކަށް ނެތެވެ. އަޑު އަންނަމުން ދިޔައީ ފާޚާނާ ތެރެއިންނެވެ. ފާޚާނާގެ ދޮރު ހުރީ ހުޅުވާފައެވެ. ފެންމާގަނޑުން ފެން ފައިބާ އަޑު ދިޔައީ ކާސިމްގެ ކަންފަތުގައި ޖެހެމުންނެވެ.

ކާސިމް މަޑުމަޑުން ހިނގާފައި ފާޚާނާއާ ދިމާލަށް މިސްރާބު ޖެހިއެވެ. އޭނާގެ ހިތް އެ ވަގުތު ދިޔައީ ބިރުން ތެޅެ ފޮޅެމުންނެވެ. ކާސިމް ހީކުރީ ފާޚާނާ ތެރޭގައި ހުރީ މީކާލް އާއި ލައިލާ ކަމަށެވެ. މަޑުމަޑުން ފިޔަވަޅު ނަގަމުން ގޮސް ކާސިމް ހުއްޓުނީ ފާޚާނާގެ ދޮރު މަތީގައެވެ. ހުޅުވިފައިވާ ދޮރުން ފާޚާނާ ތެރެ ވަރަށް ސާފުކޮށް ކާސިމްގެ ލޯމައްޗަށް ފެނިގެން ދިޔައެވެ. ކާސިމަށް ވީގޮތް ވެސް ނޭނގެއެވެ. މީހާގެ މުޅި ނަފުސަށް ސަވާރު ވެގެން ދިޔައީ ބިރުވެރި ކަމުގެ އިޙްސާސް އިންތިހާއަށެވެ.

"ބަތާން.." 

ކާސިމް އޭނާގެ މޫނު އަނބުރާލީ ލަދުވެރިކަމާއި އެކު، ވަރަށް ބިރުން ހުރެއެވެ. ކާސިމްގެ ކުރިމަތިން ފެނުނީ އެއްވެސް ފޭރާމެއް ނެތި ހުރި އޭނާގެ އަންހެން ދަރި އާއި ބަތާން އެވެ. ބަތާން ފެނުމާ އެކުގައި ކާސިމްގެ ހިތުގެ ހަމަ ޖެހުން މުޅިން ގެއްލުނެވެ. ހިތުގެ ތެރޭގައި ވަރަށް ގިނަ ސުވާލުތަކެއް ކާސިމްގެ އުފެދިގެން ދިޔައެވެ.

"ބައްޕާ... އާދޭ! އާދޭ.." 

ކާސިމްގެ ކަންފަތުގައި ޖެހުނީ ލައިލާގެ އަޑެވެ. ކާސިމް ބިރުން ހުރެ ބަލައިލީ އަޑު އައި ދިމާލަށެވެ. އެވަގުތު މަޑު ހިނގުމެއްގައި ލައިލާ ހިނގާފައި އަންނަމުން ދިޔައީ ކާސިމް އާ ދިމާލަށެވެ. ކާސިމަށް ބިރުން ފަހަތަށް ޖެހެވުނެވެ.

"ނުދޭ ބައްޕާ! އާދޭ.." 

ފަހަތަށް ޖެހެމުން ޖެހެމުން ގޮސް އެންމެ ފަހުން ކޮޓަރީގައި ހުރި ގޮނޑިއެއްގައި އަޅައިގެންފައި ކާސިމް ތަށިމުށިގަނޑު މައްޗަށް ވެއްޓުނެވެ. ލައިލާގެ ހިނގުމަކަށް ހުއްޓުމެއް ނައެވެ. ފަހަރަކު ފިޔަވަޅެއް ނަގަމުން ލައިލާ ދިޔައީ ކުރިއަށެވެ.

ކާސިމް ބިރުން ދާހިއްލަނީއެވެ. ބިރުން ދެފަރާތަށް މޫނު ހޫރަމުން "ނޫން ނޫން" ގޮވަމުން ކާސިމް ދިޔައެވެ. އެއްވެސް ފޭރާމެއް ނެތް އޭނާގެ ދަރިފުޅުގެ ހަށިގަނޑަށް ބަލަން ބޭނުން ނުވިޔަސް، ކާސިމް ގަތްފައިވާ ބިރުން ދޭތެރެ ދޭތެރެއިން ލައިލާއަށް ބަލާލެވެއެވެ. ކާސިމް ދިޔައީ އާދޭސް ކުރަމުންނެވެ. އޭނާ ދޫކޮށްލުމަށް އެދިއެވެ. މިއީ ބައްޕައޭ ގޮވަމުންނެވެ. އެވަގުތު ކާސިމްގެ ކުރިމަތީގައި ހުރީ ލައިލާ އެކަންޏެވެ. ބަތާން ފެންނާކަށް ނެތެވެ.

"މިއީ ކަލޭގެ ދަރިއެއް ނޫން.. އަހަރެންގެ ބައްޕައެއް ނުހުންނާނެ!" 

ލައިލާގެ ކަރު ތެރެއިން ނުކުތީ ލައިލާގެ އަޑެއް ނޫނެވެ. އެއީ ބިރުވެރި ނާމާން އަޑެކެވެ. ކާސިމަށް ކުއްލިއަކަށް ބަަލައިލެވުނީ އޭނާ ލައިގެން ހުރި މުންޑަށެވެ. މުންޑުގެ ކަންގަނޑު ތެމިގެން ދިޔައީ ކާސިމަށް ހީސްލެވުމުންނެވެ. މި ވަރުގެ ބިރުވެރި ކަމެއް ކާސިމްގެ ޙަޔާތުން ވެސް އޭނާ ދެކިފައެއް ނެތެއެވެ.

"ހައްހައްހާ!" 

ލައިލާ ފެށީ ހޭންށެވެ. ހުނުމުގެ އަޑުގައި ވަނީ އާދަޔާ ޚިލާފު ބާރު ކަމެކެވެ. ހީވީ ކާސިމްގެ ހިނދުރި ފަޅައިގެން ދިޔަހެންނެވެ.

"ނޫން ނޫން.. ހެޔޮނުވާނެ! ބައްޕަ.. ބައްޕަ އަށް މާފު ކުރޭ!..." 

ކާސިމަށް ކަންކަން މުޅިން ގޯހުން ގޯހަށް ގޮސްފިކަން ވިސްނާލެވުނެވެ. އޭނާ ބޭނުންވި ގޮތަށް ކަންކަން ދެން ނުވާނެކަން ޔަޤީން ކުރެވުނެވެ. ލައިލާ ވަގުތުކޮޅަކަށް ހިމޭންވިއެވެ. ނަމަވެސް ކަޅި ޖަހާ ނުލާ ލައިލާ ބަލަން ހުރީ ކާސިމަށެވެ. ކާސިމް ދޭތެރެއަކުން އިސްޖަހާލަމުން ލޯ މަރާލައެވެ. ކާސިމްގެ މުޅި ހަށިގަނޑު ރޫރޫ އަޅައެވެ.

"އަން މިއޮތީ..!" 

ކާސިމް މަޑުމަޑުން ދެލޯ ހުޅުވާލަމުން ބަލާލިއެވެ. ކާސިމަށް އިތުރަށް ހާސް ކަމާއި ބިރުވެރިކަން ލިބިިގެން ދިޔައެވެ. ލައިލާގެ އަތުގައި އޮތީ ޕެޑެކެވެ. ކާސިމަށް މި ވާން އުޅޭ ގޮތް މަޑުމަޑުން ދިޔައީ ފަހުމް ވަމުންނެވެ.

"މީގަ ހިފާ..!" 

ލައިލާ ހިނިގަނޑެއް ޖަހައިލަމުން ބުނެލިއެވެ. ކާސިމަށް ރޮވެނީއެވެ.

"މީގަ ހިފާށޭ!" 

ލައިލާގެ އަޑު ބާރު ވިއެވެ. ކާސިމް ބިރުން އިނދެ އަތް ދިއްކޮށްލިއެވެ. ލައިލާ އޭނާގެ އަތުގައި އޮތް ޕެޑް ކާސިމްގެ އަތަށް ދިއްކޮށްލިއެވެ. ކުރިއަށް ވުރެ ބާރަށް ހިނިގަނޑެއް ޖަހައިލަމުންނެވެ. ކާސިމް އޭގައި ހިފީ އިތުރު އެއްވެސް ގޮތެއް ނެތީމައެވެ.

"މި ވާނުވާ އެނގޭތަ؟" 

ލައިލާ މަޑުމަޑުން ކާސިމްގެ ގާތުގައި އިށީންނެވެ.

"ކަލެއަށް މި ވާނުވާ އެނގޭތަ؟" 

ލައިލާ ދިޔައީ މަޑުމަޑުން ކާސިމްއާ ގާތް ވަމުންނެވެ. ކާސިމްގެ ދެލޯ ވީދައިގެން ދާވަރަށް ބޮޑުވެގެން ދިޔައީ އޭނާގެ އަތުގައި އޮތް ޕެޑުން ލޭފައިބަން ފެށުމާ އެކުގައެވެ. ފުންކޮށް، ބާރުކޮށް ކާސިމް އަވަސް އަވަހަށް ނޭވާ ލާން ފެށިއެވެ. ނިތްކުރިން ފައިބަމުންދާ ދާތިކިތައް ކާސިމްގެ ތުންފަތަށް ޖަހަމުން ދިޔައެވެ.

"އަހަރެން ސަލާމަތް ކޮށްދީ! އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދީ! ހެޔޮނުވާނެ! އަހަރެން ތަޢުބާ ވެއްޖިން.. އަހަރެންނަށް ހެދުނީ ގޯހެއް.. ވަރަށް ބޯޑު ގޯހެއް.. އަހަރެމެން ސަލާމަތްކޮށްދީ.." އަޑުން އަޑުން ނަގާ ކާސިމް ރޯން ފެށިއެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.