ފުލުުހުން ބުނީ ކުޅުދުއްފުށި ސިޓީގައި ބިދޭސީ ފިރިހެނެއްގެ ވޮލެޓް ދިވެހި އަންހެނަކު ފޭރުނު މައްސަލައެއް މިއަދު ހަވީރު ހުށައަޅާފައިވާ ކަމަށެވެ.
ފުލުުހުން ބުނީ ކުޅުދުއްފުށި ސިޓީގައި ބިދޭސީ ފިރިހެނެއްގެ ވޮލެޓް ދިވެހި އަންހެނަކު ފޭރުނު މައްސަލައެއް މިއަދު ހަވީރު ހުށައަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ދިވެހި އަންހެނަކު އޮބަހައްޓައިގެން ބިދޭސީ ފިރިހެނަކު އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ ގިނަ ބަޔަކު ދަނީ އެކަމާމެދު ސުވާލު ކުރަމުންނެވެ. އެ ވީޑިއޯ އަކީ މިހާދިސާއާ ގުޅޭ ވީޑިއޯ އެކެވެ. ބިދޭސީ މީހާ އަންހެން މީހާ ހިފެހެއްޓީ ވޮލެޓް ފޭރިގަތުމުންނެވެ.