"ހައްޖަށް ގެންދާ ފަގީރުން ކިޔޫއަށް ލާނީތޯ މަޝްވަރާ ކުރާނަން"

"އަޅުގަނޑުމެން އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން މިދަނީ ކުރިއަށް އޮތް އަހަރުތަކުގަ ކިހިނެއްތޯ އެކަން ކުރިއަށް ގެންދާނީ، ރައީސްގެ ވައުދުގެ ދަށުން ހޮވޭ މީހުން ސީދާ ކިޔޫއަށް ފޮނުވާނީތޯ،"

މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު --

އާންމުންގެ ފަރާތުން ލިބުނު ހިޔާލުތަކާ ގުޅިގެން ކުރިއަށް ހުރި އަހަރުތަކުގައި ސަރުކާރުގެ ހަރަދުގައި ފަގީރުން ހައްޖަށް ފޮނުވާނެ ގޮތަކާ މެދު މަޝްވަރާކޮށްގެން ގޮތެއް ނިންމަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިއަހަރު ވަނީ 50 ފަގީރުން ހައްޖަށް ފޮނުވާފަ އެވެ. އެމީހުން ހައްޖަށް ފޮނުވުމުން އާންމުން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔާފަ އެވެ. އެގޮތުން، އެތައް ބަޔަކު ފައިސާ ދައްކައި، ކިޔޫގައި ތިއްބައި އެގޮތަށް ބަޔަކު ހައްޖަށް ނުފޮނުވޭނެ ކަމަށާއި އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އާންމުން ބުނެފައިވެ އެވެ.

ރޭ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އާންމުން އެ ފާޅުކުރި ހިޔާލުތަކަކީ މަޝްވަރާ ކޮށްގެން ގޮތެއް ނިންމިދާނެ ހިޔާލުތަކެއް ކަމަށެވެ.

"އަޅުގަނޑުމެން އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން މިދަނީ ކުރިއަށް އޮތް އަހަރުތަކުގަ ކިހިނެއްތޯ އެކަން ކުރިއަށް ގެންދާނީ، ރައީސްގެ ވައުދުގެ ދަށުން ހޮވޭ މީހުން ސީދާ ކިޔޫއަށް ފޮނުވާނީތޯ، މީހަމަ މަޝްވަރާ ކުރެވިދާނެ ކަމެއްގެ ގޮތުގަ އަޅުގަނޑު ދެކެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފަގީރުން މިއަހަރު ހައްޖަށް ގެންދިޔައީ ސަރުކާރަށް ލިބިފައިވާ ކޯޓާގައި ކަމަށެވެ. ކޮންމެ ސަރުކާރަކަށް ވެސް ރިޒާވް ކޯޓާތަކެއް ލިބޭނެކަން ވެސް ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ ފަރާތުން ފާޅުކުރި ހިޔާލުތައް ބަލައިގަންނަ ކަމަށާއި އަދުލުވެރިކަމާއެކު ނޫނީ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ. އަދި، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ފަގީރުން ހައްޖަށް ފޮނުވުން ތަންފީޒު ކުރެވެން ފަށާފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

ސަރުކާރުން މިއަހަރު ވަނީ ފަގީރުންގެ ދަފްތަރުގައި ތިބި މީހުންގެ ތެރެއިން 50 މީހުން ގުރުއަތު ނަގާފަ އެވެ. އެމީހުން ހައްޖަށް ގެންގޮސްފައި ވަނީ މި ސަރުކާރުން އުފެއްދި ޒަކާތު ހައުސްގެ ފައިސާ އިންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.