ފުއާދުގެ ބަޔޯގްރަފީ ރައީސަށް ހަދިޔާ ކުރައްވައިފި

އިލެކްޝަންސް ކޮމިޝަނުގައި ފުއާދު ކުރެއްވި އާދަޔާހިލާފު މަސައްކަތްތަކާއި، ތަޖުރިބާތައް ވެސް މި ފޮތުގައި ހިމެނެ އެވެ.

ފުއާދު ތައުފީގުގެ ބަޔޮގްރަފީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެދުމަށް އަރުވަނީ

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ ބަޔޯގްރަފީ "ގޮތުގައި" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ހަދިޔާ ކުރައްވައިފި އެވެ. 

މި ފޮތް ރައީސަށް ހަދިޔާ ކުރެއްވުމަށް މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލު ކުރެއްވުމުގައި، ރައީސް ވަނީ މި ފޮތް އިފުތިތާހުކޮށް ދެއްވާފަ އެވެ.

އަހުމަދު ސާއިލް އަލީ ލިޔެފައިވާ 190 ސަފުހާގެ މި ފޮތުގައި، ފުއާދުގެ ޒާތީ ހަޔާތާއި، މަސައްކަތުގެ ހަޔާތުގެ ހުރިހާ ވާހަކަތަކެއް ހިމެނެއެވެ. އެގޮތުން ރާއްޖެއަށް އަލަށް ކޮމްޕިއުޓަރު ގެނެސްގެން، އޭގެ ބޭނުން ކޮށްގެން ފުއާދު އިސްވެ ހުންނަވައި ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ދުވަސްވަރުން ފެށިގެން ސާކް ޖަމިއްޔާގެ ސެކްރެޓޭރިއޭޓުގައި ވަޒީފާ އަދާކުރެއްވި ދުވަސްވަރުގެ ވާހަކަތައް ވެސް މި ފޮތުގައި ހިމެނެ އެވެ. 

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގައި ފުއާދު ކުރެއްވި އާދަޔާހިލާފު މަސައްކަތްތަކާއި، ތަޖުރިބާތައް ވެސް މި ފޮތުގައި ހިމެނެ އެވެ.

"މިރާ" އަށް އެނގިފައިވ ގޮތުގައި ފުއާދު ވަރަށް އަވަހަށް އިލެކްޝަންސް ކޮމިޝަނުން އިސްތިއުފާ ދެއްވާނެ އެވެ. އަދި އޭނާ ވަޑައިގަންނަވަނީ ތައިލޭންޑުގައި ހުންނަވައި ދިވެހި ސަފީރުގެ މަގާމަށެވެ. އެހެން ނަމަވެސް ސަރުކާރާއި ފުއާދުގެ ފަރާތުން އެކަން ކަށަވަރެއް ނުވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.