ރާއްޖޭގެ އަމިއްލަ ކޭޝް ކާޑެއް ނެތުމުން، ޓްރާންސެކްޝަންތަކުގެ ފައިދާ ދަނީ ބޭރުވަމުން

ގަވަރުނަރު މުނައްވަރު ވިދާޅުވި ގޮތުގައި ކޭޝް ކާޑުގެ ޓްރާންސެކްޝަންތައް އިތުރަށް އެމްއެމްއޭ އިން ރެގިއުލޭޓް ކުރާނެ އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު

އެތެރޭގައި ޓްރާންސެކްޝަންތައް ހަދަން ދިވެހިންގެ އަމިއްލަ ކޭޝް ކާޑެއް މުހިންމު ކަމަށާ މިހާރުގެ ހާލަތުން ކާޑުތަކުގެ ފައިދާ ރާއްޖޭން ބޭރަށް ދާ ކަމަށް ގަވަރުނަރުގެ މަގާމަށް އަލަށް އައްޔަން ކުރެއްވި އަހުމަދު މުނައްވަރު ވިދާޅުވެއް އެވެ. 

ރައްޔިތުން މަޖިލީހުގައި ބޭއްވި އިންޓަވިއު ޕްރޮސެސްގައި ވާހަކަ ދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ މިވަގުތު ކޭޝް ކާޑުތަކުގެ ފައިދާ ލިބެނީ އަވަށްޓެރި ހާއްސަކޮށް ސްރީލަންކާގެ ބޭންކްތަކަށެވެ. މި ކަމަކީ ބަދަލު ކުރަން ޖެހޭކަމެއް ކަމަށާ އެކަން އެމްއެމްއޭއަށް ބަދަލުކޮށްލެވިދާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ. 

"ކާޑުގެ ޕޭމަންޓްތަކަކީ ރާއްޖެ އަށް ކުރެވިދާނެ ކަމެއް. މިހާރުވެސް އެމްއެމްއޭ އިން ފަށާފަ އެބަހުރި ޕަވަރު ޕޭމަންޓް ސިސްޓަމް ތެރޭގައި. މިހާރު ވެސް އެމްއެކްސް ނޫނީ އެހެން ކާޑު ތަކުން މިސާލަކަށް ރެޑްވޭވް ނޫނީ އެހެން ފިހާރައަކުން ވިޔަފާރި ކުރީމަ މީގެ ޕެސެންޓޭޖެއް ދާނީ ލަންކާ ބޭންކް ތަކަށް. މިހާރު ޑޮމެސްޓިކް ޓްރާންސެކްޝަން ތަކަށް އަމިއްލަ ކާޑެއް ނެތް،" މުނައްވަރު ވިދާޅުވި އެވެ. 

ގަވަރުނަރު ވިދާޅުވި ގޮތުގައި ކޭޝް ކާޑުގެ ޓްރާންސެކްޝަންތަކުގެ ފައިދާ ރާއްޖޭގައި ހިފަހައްޓައި ރުފިޔާ އަށް އޮތް ޑިމާންޑް މަތިކޮށް ކާޑުގެ ވިޔަފާރިތައް ރެގިއުލޭޓް ވެސް ކުރައްވާނެ އެވެ. 

"ބައެއް ރިސޯޓްތަކުގައި ވެސް އެބަހުރި ބޭރުގެ މާޗެންޓް ކާޑުތައް. ގާނޫނުތައް އިސްލާހު ކުރަން ޖެހޭ ކްރެޑިޓް ކާޑު ރެގިއުލޭޓް ކުރަން،" މުނައްވަރު ވިދާޅުވި އެވެ. 

ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް ފްރެންޗައިޒް ބޭރުގެ ވިޔަފާރި ތަކުން އެމެކްސް ފަދަ ކާޑުތައް ބޭނުމެއް ވެސް ނުކުރެ އެވެ. ބޭނުމަކީ ކާޑުގެ ޓްރާންސެކްޝަންތަކުގެ ފައިދާ ބޭރަށް ގެންދިއުމެވެ. މީގެ ކުރިން އާއްމުންގެ ގިނަ ބަޔަކު މި ޝަކުވާ ކުރިނަމަވެސް އެކަމަށް އެމްއެމްއޭ އިން އޭރު އެއްވެސް އެއްޗެއް ބުނެފައެއް ނެތެވެ. މިކަމުގައ ސަބަބުން އެތައް މިލިއަން ރުފިޔާއެއް ދަނީ ބޭރުވަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.