ވީއައިއޭ ނުނިމި އޮތީ ހިތްވަރު ނެތިގެން، ކުރަން ނޭނގިގެން : ޝަރީފު

ޝަރީފު ވިދާޅުވި ގޮތުގައި ކާގޯ ހިދުމަތް ދޭތަން ނިމިގައި އޮންނަތާ ދޮޅު އަހަރުވީއިރުވެސް ހިދުމަތް ދޭން ނުފެށުމަކީ ބޮޑު ދެރައެކެވެ.

އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއު ނުނިމި އޮތީ އެކަން ކުރުމުގެ ހިތްވަރު ނެތުމާއި އެކަން ކުރަން ނޭނގިގެން ކަމަށް އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަމިއްލަ ޓީވީ ޗެނަލްއެއްގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފު ވިދާޅުވި ގޮތުގައި އެ މަގާމާ ހަވާލުވުމުން އެނގިގެން ދިޔައީ އެމްޑީޕީ ސަރުކާރުގައި ވީއައިއޭ ހުޅުވުމުގެ ހިތްވަރު ނެތްކަމާއި އެކަން ކުރަން ނޭނގިގެން ބޮއްސުން ލާފައި އޮތް މިންވަރެވެ.

އެމްޑީ ކުޑަ މިސާލެއްގައި ގޮތުގައި ވިދާޅުވެ ދެއްވީ ކާގޯ ކޮމްޕްލެކްސް މަސައްކަތް ގޮސްފައިވާ ހިސާބެވެ.

"ކާގޯ ކޮމްޕެކްސްއަކީ 40 އަހަރުވީ ތަނެއް. ކާގޯ ކޮމްޕްލެކްސް ނިމުނުތާ ދޮޅު އަހަރުވެފައި އޮތީ. މިތަނަކީ ރާއްޖޭގެ ހައިއެންޑް ޓޫރިޒަމަށް ޕެރިސަބަލް ގެނެސް ބަހައްޓަން އޮތްތަން. މަސް ބޭރު ކުރުމުގެ ކެޕޭސިޓީއެއް ނެތް. އެ ބަހައްޓާނެ ޖާގައެއް ނެތް.
އެތަން [ކާގޯ ކޮމްޕެކްސް] ހުޅުވަން ކުޑަ ކަމެއް ކޮށްލަން ޖެހެނީ. އެކަން ވެސް ނުވެ އޮތީ،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒުގެ ލަފާފުލަކީ ރާއްޖޭގެ އިގްތިސޯދަށް ފައިދާހުރި ކުރިއަރާނެ ކޮންމެކަމެއްވެސް ފަސްނުޖެހު ކުރުމަށް ކަމަށާ އެކަން ކުރައްވާނެ ކަމަށެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މީގެ އަށް އަހަރުކުރިން ފެށި ވީއައިއޭ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއުގެ ބޮޑުބައި އަދިވެސް ނުނިމެ އެވެ. މިހާތަނަށް ހުޅުވިފައިވަނީ ރަންވޭ އާއި ފަޔަރު ސްޓޭޝަން އެކަންޏެވެ. އެންމެ މުހިންމު ފެސިލިޓީ ކަމަށްވާ ޓާމިނަލް ކުރިން ހުޅުވަން އޮތީ 2027 ގަ އެވެ. ނަމަވެސް މި ސަރުކާރުން އައިސް ވަނީ މިތަން ހުޅުވުމުގެ މަސައްކަތް ހަލުވި ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މި މަސައްކަތްތަކާއެކު ޓާމިނަލްގެ ބައެއް މިއަހަރުގެ ފަހުކޮޅު ހިދުމަތްތައް އަންނާނެ އެވެ. އަދި އަންނަ އަހަރުގެ މެދުތެރޭގައި މުޅި ޕެސެންޖަރު ޓާމިނަލްއެއްކޮށް ރަސްމީކޮށް ހުޅުވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.