ތައުލީމީ ދާއިރާގައި ހަމައެކަނި ދިވެހިން؛ ބޮޑު މަޝްރޫއު ސެޕްޓެންބަރުގައި ފަށަނީ

ޓީޗަރުން ބިނާ ކުރުމަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމެއް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެކަމުގައި އެމަނިކުފާނުގެ އަމާޒެއް އެބަ އޮތް ކަމަށެވެ.

ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި އެެސެމްބްލީއަށް ފަހު ބައެއް ދަރިވަރުން ރައީސާއެކު ސެލްފީ ނަގަނީ

ރާއްޖޭގެ ތައުލީމީ ދާއިރާގައި ހަމައެކަނި ދިވެހި މުދައްރިސުން ތިބޭ ގޮތަށް ހެދުމުގެ ބޮޑު މަޝްރޫއު އަންނަ ސެޕްޓެންބަރު މަހު ފަށްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. 

މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ޕްރައިމަރީ / ސެކަންޑަރީ ލެވެލްގެ ހުރިހާ ޓީޗަރުންނަކީ ފެންވަރު ރަނގަޅު ދިވެހި ޓީޗަރުންނަށް ހެދުމަކީ ރައީސް މުއިއްޒުގެ އަމާޒެކެވެ.

ރޭ އޮތް މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާގައި ހަމައެކަނި ދިވެހި މުދައްރިސުން ތިބޭ ގޮތަށް ހެދުމުގެ ބޮޑު މަޝްރޫއު އަންނަ ސެޕްޓެންބަރު މަހު ފަށްޓަވާނެ ކަމަށެވެ. ޓީޗަރުން ބިނާ ކުރުމަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމެއް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެކަމުގައި އެމަނިކުފާނުގެ އަމާޒެއް އެބަ އޮތް ކަމަށެވެ. އެ ބަދަލު އައުމުން ދަރިވަރުންގެ ސިކުޑި ބިނާ ކުރުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ތައުލީމީ ދާއިރާ ކުރިއެރުވުމަށް ކުރަންހުރި ކަންކަމަށް މިހާތަނަށް ނުވަ މިލިޔަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ކަމަށެވެ. މަތީ ސާނަވީ ތަޢުލީމު މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މި ވޭތުވެދިޔަ ދުވަސްތަކުގައި އަލަށް އިތުރު 23 ސްކޫލެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފަށާފައިވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު އެކިރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ދަރިވަރުން އެމަނިކުފާނުގެ ކިބައިން އެންމެބޮޑަށް އެދުނު އެއްކަމަކީ ސްކޫލްތައް އޭސީކުރުން ކަމުގައެވެ. އެގޮތުން ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫއު ވެސް މިހާރު ފަށާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ގައުމިއްޔަތު ދިރުވާ އާލާކުރުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް ވައުދުކަން ފާހަގަކުރައްވައި މިހާރު ކީ ސްޓޭޖް އެކެއް އަދި ކީ ސްޓޭޖް ދޭއް ގައި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭން ފަށާފައިވުމާއި ސްކޫލް އެސެމްބްލީ ގައި މިހާރު ގައުމީ ސަލާން ކިޔަމުން ދިއުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.