ރަސްދޫގައި ހަށިވިއްކި މައްސަލަ؛ ދެ މީހަކު ބަންދަށް، އެކަކު ދޫކޮށްލައިފި

އެތަނުން ތިން ބިދޭސީއަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ 42 އަހަރާއި 27 އަހަރުގެ ބިދޭސީ ދެ އަންހެނުންނާއި 28 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

އއ. ރަސްދޫ

އއ. ރަސްދޫގައި ހަށިވިއްކާ ސްޕާއެއް ރެއިޑްކޮށް ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ދެ މީހުން ބަންދުކޮށް އެކަކު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އއ. ރަސްދޫ ޝާހިލް ގޭގައި ހިންގަމުންދިޔަ ސްޕާއެއް ރެއިޑް ކޮށްފައިވާ ކަމަަށެވެ. އެއީ މިނިސްޓްރީ އޮފް ޓްރޭޑްގައި ރަޖިސްޓްރީ ވެސް ނުކޮށް ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ތަނެކެވެ.

ރޭ 11:30 ހާއިރު ފުލުހުން ވަނީ އެ ތަނަަށް ވަދެ އެތަން ހުއްޓުވާފަ އެވެ، ފުލުހުން އެތަނަަށް ވަނީ ބިދޭސި އަންހެނުން ބޭނުންކޮށްގެން ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށައެޅުމުންނެވެ.

އެއީ ބްލޫ ވެލި ސެލޫން އެންޑް ސްޕާ ނަމުގައި ހިންގަމުން ދިޔަ ތަނެކެވެ.

އެތަނުން ތިން ބިދޭސީއަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ 42 އަހަރާއި 27 އަހަރުގެ ބިދޭސީ ދެ އަންހެނުންނާއި 28 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އެ މީހުންގެ ބަންދާމެދު ގޮތް ނިންމަން ހާޒިރު ކުރުމުން ދެ މީހެއްގެ ބަންދަށް 15 ދުވަސް ވަނީ ދީފަ އެވެ. އަނެއް މީހާ ދޫކޮށްލީ އެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.