އެސްޓީއޯ ހޮޓާ ސަރުކާރަށް، މީޑިއާ ވިލެޖު އެ އިމާރާތަށް

ވިދާޅުވީ ހަމަޖެހޭ އުސޫލަކުން މީޑިއާތަކަށް އެ ތަނުން ބައެއް ދޫކުރާނެ ކަމަށެވެ. އެ ތަންތަން ދޫކުރަނީ ވަރަށް ކުޑަ ކުއްޔެއް ގައި ކަމަށް ވިދާޅުވި އެވެ.

އެސްޓީއޯއިން ހުޅުމާލޭގައި ބިނާކޮށް، އޮޕަރޭޝަނަށް ގެނެވިފައި ނުވާ ހޮޓާ

ހުޅުމާލޭގައި އެސްޓީއޯއިން ހަދާ "ގަލަށް" ވެފައިވާ ފަސްތަރީގެ ހޮޓާ ސަރުކާރަށް ނަގާ އެ ހޮޓަލުގެ މީޑިއާ ވިލެޖް ގާއިމުކޮށް ބައެއް ފަންގިފިލާތައް މީޑީތަކަށް ދިނުމަށް ނިންމައިފި އެވެ.

އެކަން އިއުލާނު ކުރެއްވީ މިރޭ އޮތް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. 

ރައީސް ވިދާޅުވީ އެ އިމާރާތް މިހާރު ސަރުކާރަށް ނަގާފައިވާ ކަމަށެވެ. އަދި މީޑިއާ ވިލެޖް ގާއިމު ކުރާނީ އެ އިމާރާތުގައި ކަމަށް ވިދާޅުވި އެވެ. ވިދާޅުވީ ހަމަޖެހޭ އުސޫލަކުން މީޑިއާތަކަށް އެ ތަނުން ބައެއް ދޫކުރާނެ ކަމަށެވެ. އެ ތަންތަން ދޫކުރަނީ ވަރަށް ކުޑަ ކުއްޔެއް ގައި ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެތަނުގައި ފެންވަރު ރަނގަޅު ސްޓޫޑިއޯތަކާއި ޓީވީ ޕްރޮޑަކްޝަންތަކަށް ފެސިލިޓީ ގާއިމު ކުރާނެ ކަމަށެވެ. 

"މީޑިއާތަކަށް ދުވަހަކު ނުލިބޭ ފަދަ ރަނުގެ ފުރުސަތުތައް އެތަނުން ފޯރުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތް އަހަރު ދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށެވެ.

އެސްޓީއޯ ހޮޓަލަކީ ޑޮލަރު އާމްދަނީ އިތުރު ކުރަން ޓޫރިޒަމް ދާއިރާއަށް ވަންނަން ނިންމައި 2006 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. ރެޑިސަން ބްލޫއާއެކު އެސްޓީއޯއިން ހެދި އެއްބަސްވުމެއްގެ ދަށުން ތަރައްގީ ކުރަން ނިންމި އެ ހޮޓަލަކީ އެކި ފަހަރު މަތީން އެކި ގޮތަށް މަސައްކަތްކޮށް ވެސް ކުރިޔަށް ގެންދެވިފައި ނުވާ، ޒަމާން ވެފައިވާ ޕްރޮޖެކްޓެކެވެ.

ހޮޓާ ތަރައްގީ ކުރީ "ރެޑިސަން ހުޅުމާލެ މޯލްޑިވްސް" ގެ ނަމުގައި އެމެރިކާގެ ކާލްސަން ގުރޫޕާ ގުޅިގެން 250 ކޮޓަރި ތަރައްގީ ކުރަން ފެށީ 2011 ވަނަ އަހަރުއެވެ. ނަމަވެސް، އޭގެ ފަހުން އެތަނުގެ މަސައްކަތް ހުއްޓި، އެކި ފަހަރު މަތިން އެތަން ވިއްކާލަން ކުރި މަސައްކަތް ނާކާމިޔާބުވިއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.