ބަދަލުގެ ގޮތުގައި ސޯލިހް ސަރުކާރުން 2.4 ބިލިއަން، މި ސަރުކާރުން އެންމެ ރުފިޔާއެއް ވެސް ނުދެން: ރައީސް

"މި ސަރުކާރު އައިފަހުން މިވީ އަށް މަސް ދުވަސްތެރޭގައި އެންމެ ރުފިޔާއެެއް ވެސް ބަދަލުގެ ގޮތުގައި ނުދެކެން. އެއީ ސިޔާސީ މަސައްކަތެއްގެ ގޮތުގައި ކުރިކަމެއް އޭރު،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ބަދަލުގެ ގޮތުގައި މި ސަރުކާރު އައި ފަހުން އެއްވެސް ބަޔަކަށް ފައިސާ ދީފައިނުވާނެ ކަމަށާ މިހާތަނަށް އެންމެ ރުފިޔާއެއް ވެސް އެގޮތަށް ދީފައިނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގެއްލުމުގެ ބަދަލު ކަމަށް ބުނެ ފައިސާ ދިނުމަށް ކުރީ ސަރުކާރުން ސެޓްލްމަންޓް ކޮމިޓީއެއް އުފެއްދި އެވެ.  އެއީ "ސަރުކާރާ އަމިއްލަ ފަރާތްކަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރުނާ ގޮތުގެ އުސޫލު" ގެ ދަށުން ކުރީ ސަރުކާރުން އުފެއްދި ކޮމެޓީއެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެ އުސޫލު ވަނީ އުވާލައްވާފަ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ އޮތް ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުން ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދީފައިވާ ކަމަށެވެ. އެއީ ސިޔާސީ މަސައްކަތެއް ކަމަށް ވިދާޅުވެ އެފަަދަ ކަމެއް އެމަނިކުފާނުގެ ސަރުކާރުން ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ވިދާޅުވީ އެމަނިކުފާނު ކުރައްވާ ކޮންމެ މަސައްކަތެއް ވެސް ކުރައްވާނީ އިހްލާސްތެރި ކަމާއެކު ކަމަށެވެ. މިދިޔަ އަށް މަސް ދުވަހު މި ސަރުކާރުން އިސްވެ ބަދަލުގެ ގޮތުގައި އެންމެ ރުފިޔާއެއް ވެސް ދީފައިނުވާ ކަމަށާ މިދިޔަ މުއްދަތުގައި ބަދަލުގެ ގޮތުގައި ދިން ފައިސާ އަކީ މިދިޔަ ސަރުކާރުގައި ކޮށްފައިވާ އެކި ކަންކަމާއި ގުޅިގެން ކޯޓުން ނިންމާ ބަދަލުދޭން އަންގާފައިވާ މައްސަލަތަކާއި ގުޅިގެން ދިން 119.7 މިލިއަން ރުފިޔާ ކަމަށް ވިދާޅުވި އެވެ.

"މި ސަރުކާރު އައިފަހުން މިވީ އަށް މަސް ދުވަސްތެރޭގައި އެންމެ ރުފިޔާއެެއް ވެސް ބަދަލުގެ ގޮތުގައި ނުދެކެން. އެއީ ސިޔާސީ މަސައްކަތެއްގެ ގޮތުގައި ކުރިކަމެއް އޭރު. އަޅުގަނޑުމެން އެފަދަ ކަމެއް ނުކުރާނަން،"

ގެއްލުމުގެ ބަދަލުގެ ގޮތުގައި މިދިޔަ އަހަރު ފަސް އަހަރު ތެރޭގައި ދިން އަދަދު ދެ ބިލިއަން ރުފިޔާއަށްވުރެ މަތި ކަމަށް ސަރުކާރުގެ ރަސްމީ މައުލޫމާތު ތަކުން ދައްކައެވެ.

ހަތަރު އަހަރުތެރޭ ދޫކުރި ގެއްލުމުގެ ބަދަލު

  •  2020 ވަނަ އަހަރު 91 މިލިއަން
  •  2021 ވަނަ އަހަރު 203.1 މިލިއަން ރުފިޔާ
  •  2022 ވަނަ އަހަރު 30.4 މިލިއަން ރުފިޔާ
  •  2023 ވަނަ އަހަރު 95.5 މިލިއަން ރުފިޔާ

މި ރިޕޯޓުގައިވާ ގޮތުން ދައުލަތުން ގެއްލުމުގެ ބަދަލު ދޭން ޖެހޭ ފައިސާގެ އަދަދު ފާއިތުވެ ދިޔަ އަހަރުތަކުގައި އިތުރުވަމުން ގޮސްފައި ވެއެވެ. އެގޮތުން 2019 ވަނަ އަހަރުގެ ގަޒިއްޔާތަކާއި ގުޅިގެން އެކި ފަރާތްތަކަށް 1.4 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައްކާފައި ވެއެވެ. އެ އަހަރު ގެއްލުމުގެ ބަދަލު އިތުރު ވެގެން ގޮސްފައިވަނީ ނޫމަޑި ކުންފުންޏާއި ދިވެހި ސަރުކާރާއި ދެމެދު ތަރައްގީގެ އެކި މަސައްކަތްތައް ކުރިއަށް ގެންދަން ކުރެވިފައިވާ އެއްބަސްވުންތަކާއި ގުޅިގެންނެވެ. ބަދަލުގެ ގޮތުގައި ދޫކުރި އަދަދު އިތުރުވެފައިވަނީ ވެސް އެހެން ވެގެންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.