"ސާޔާ" ގެ ޓްރެެއިލާ، ނޭވާ ހިފަހައްޓާލަން ޖެހޭ އެތައް މަންޒަރެއް

ފިލްމުގެ ޓްރެއިލާ ގެނެސް ދީފައިވަނީ ފިލްމަށް ވަރަށް ބޮޑަށް ޝައުގުވެރި ކުރުވާނެ ފަދަ ގޮތަކަށެވެ. ފިލްމުގައި ވާނެ ގޮތަކާމެދު ސުވާލު އުފެދި އެކަމަށް އިންތިޒާރު ކުރުވާނެ ގޮތަކަށެވެ.

"އެ ރެއަކީ އަހަރެންގެ ހިތުން ދުވަހަކު ވެސް ފިލައިގެން ދާނެ ރެ އެއް ނޫން،"

މިއީ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ އާ ފިލްމު "ސާޔާ" ގެ އޮފިޝަލް ޓްރެއިލާ ގައި ފުރަތަމަ އިވިގެންދާ ވާހަކަ އެވެ. އަންނަ މަހުގެ ހަތް ވަނަ ދުވަހު ސްކްރީން ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ އޮފިޝަލް ޓްރެއިލާ މިއަދު ވަނީ ރިލީޒް ކޮށްފަ އެވެ.

މި އަހަރު އޮލިމްޕަހަށް އަންނާނެ އެންމެ ރީތި އެއް ފިލްމަށް ވާނެ ކަމަށް ބެލެވިފައިވާ މި ފިލްމުގެ ޓްރެއިލާއާ އެކު ފިލްމަށް ކުރުވާ އިންތިޒާރު އިތުރު ކުރުވާނެ ކަން ގައިމެވެ.

ފިލްމުގެ ޓްރެއިލާ ގެނެސް ދީފައިވަނީ ފިލްމަށް ވަރަށް ބޮޑަށް ޝައުގުވެރި ކުރުވާނެ ފަދަ ގޮތަކަށެވެ. ފިލްމުގައި ވާނެ ގޮތަކާމެދު ސުވާލު އުފެދި އެކަމަށް އިންތިޒާރު ކުރުވާނެ ގޮތަކަށެވެ. 

ގައިމުވެސް ފިލްމުގައި ނޭވާ ހިފަހައްޓާލަން ޖެހޭނެ ކިތަންމެ މަންޒަރެއް ފެންނާނެ އެވެ. ހަމައެކަނި ޓްރެއިލާ އިން ވެސް އެކަން ޔަގީން ކޮށްދެ އެވެ.

ފިލްމުގައި ވާނީ ކިހިނެތް ހެއްޔެވެ. ސާޔާ އަކީ ކާކުގެ ހައްގެއް ހެއްޔެވެ. ފިލްމުގެ އެއް ބަތަލު ބުނަނީ އޭނާ "އަބަދުވެސް ހުންނާނީ ސާޔާގެ މީހެއްގެ ގޮތު"ގަ އެވެ. އެ ދެމެދަށް އެހެން މީހަކަށް ނުވަދެވޭނެ އެވެ. އަނެއް ބަތަލްއާ ވެސް ސާޔާއާ އޮންނަނީ ވަރުގަދަ ގުޅުމެކެވެ. އޭނާ ބުނާ ގޮތުން ހުރިހާ ހަގީގަތެއް އެނގޭނީ ސާޔާ އަށެވެ. އޭނާ ދައްކާ ކޮންމެ ވާހަކައެެއް ދައްކަނީ ހަގީގަތަށް އަސްލަށެވެ.

މި ވަނީ ކިހިނެތް ހެއްޔެވެ. މި ހުރިހާ ކަމަކާއެކު ފިލްމަށް ވަރަށް ބޮޑު ޝައުގުވެރި ކަމެއް ހުއްޓެ އެވެ. އިންތިޒާރު ކުރެވެ އެވެ.

ޓްރެއިލާ އިން ފިލްމުގައި ހިމެނޭ ވަރަށް ރީތި ލަވައެއްގެ އަޑު ވެސް އިވެ އެވެ.

ދެން ފާހަގަކޮށްލެވެނީ އެކްޓަރުންގެ މޮޅު އެކްޓިން އެވެ. މަންޒަރުތަކުގެ ފުރިހަމަ ކަމެވެ. ޓްރެއިލާއަށް ބަލާ އެއްޗެއް ބުނާނަމަ މިއީ މި އަހަރު ސްކްރީން ކުރާނެ އެންމެ ތަފާތު / އެންމެ ރީތި އެއް ފިލްމަށް ވާނެ އެވެ. ހުރިހާ ގޮތަކުން ވެސް މޮޅު / ފުރިހަމަ މަސައްކަތަކަށް ވާނެ އެވެ.

ފިލްމުގެ ޓިކެޓް މިހާރު ދަނީ ވިއްކަމުންނެވެ. ޓިކެޓް ވިއްކާނީ އޮލިމްޕަހުގެ ކައުންޓަރުންނެވެ. ޓިކެޓް ވިއްކާނީ؛

  •  ހެނދުނު 10 ކުން 12
  •  މެންދުރު ދެއަކުން ހަޔަކަށް
  •  ރޭގަނޑު އަށަކުން 10:30 އަށް
  •  ޓިކެޓާ ގުޅޭ މައުލޫމާތު ހޯދަން 9372000

މިއީ ހެއްވާ މަޖާ ރީތި ފިލްމުތަކެއް ދިވެހި ސްކްރީނަށް ގެނެސް ދީފައިވާ ޝަފީގު، އެ ނޫން ޖޯންރާއެއްގެ ފިލްމެއް ގެނެސްދޭ ފުރަތަމަ ފަހަރެވެ. ފިލްމުގެ ޓީޒާ ވަނީ ބެލުންތެރީންނަށް ދައްކާލާފަ އެވެ.

މި ފިލްމަކީ ލޯތްބާއި އަނިޔާވެރިކަމާއި ބިރުވެރިކަމުގެ އިހުސާސްތަކުން ބެލުންތެރީން ވަރަށް ބޮޑަށް ޝައުގުވެރި ކުރުވާނެ ފިލްމަކަށް ވާނެ އެވެ.

ޝަފީގު ޕްރޮޑިއުސް ކުރާ މި ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ ކުޅަދާނަ އެކްޓަރު / ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.

ފިލްމުގެ މުހިންމު ރޯލަކުން ވެސް ޔޫއްޕެ ފެނިގެންދާނެ އެވެ. މިއީ "ޝާޔާ" ބަލާލަން ޖެހޭ މުހިންމު އެއް ސަބަބު މެ އެވެ. މީގެ އިތުުރުން ދެން އެންމެ މުހިންމު ރޯލުތަކުން ފެނިގެން ދާނީ އައިމިނަތު ރަޝްފާ (އާޝާ) އާއި އިބްރާހިމް ޖިހާދު (ޖިމީ) އެވެ. މީގެ އިތުރުން މުހައްމަދު މަނިކާއި އަހްމަދު ނިމާލް ވެސް ފެނިގެންދާނެ އެވެ.

ފިލްމުގެ ސްކްރީންޕްލޭ ލިޔެ އެޑިޓިންގެ މަސައްކަތް ކޮށްފައި ވަނީ ވެސް ޔޫއްޕެ އެވެ. ކެމެރާކުރީ ޝިމާޒް އަބްދުﷲ (މާސްކޭ) އެވެ. ބެކްމިއުޒިކު ހަދާފައިވަނީ އައްޔުމަން ޝަރީފު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.