ގަވާއިދާ ހިލާފު ބިދޭސީން ހޯދުމުގެ އޮޕަރޭޝަން؛ ހަތަރު ތަނެއް ބަލާ 16 މީހަކު އަތުލައިގެންފި

ގަވާއިދާ ހިލާފު ބިދޭސީން ހޯދުމުގެ އޮޕަރޭޝަން ގައި އިއްޔެ ވަނީ ހަތަރު ތަނެއް ބަލާ ފާސްކޮށްފަ އެވެ. އެ ތަންތަނުން 16 ބިދޭސީ އަކު ހިފަހައްޓާ އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފަ އެެވެ.

އޮޕަރޭޝަންގައި އަތުލައިގެން ބިދޭސީންތަކެއް -- ފޮޓޯ: އިމިގްރޭޝަން

ގަވާއިދާ ހިލާފު ބިދޭސީން ހޯދުމުގެ އޮޕަރޭޝަންގައި ހަތަރު ތަނެއް ބަލާ ފާސްކޮށް ބަޔަކު އަތުލައިގަނެ އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

ބިދޭސީންގެ މައްސަލަ ހައްލުކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ ނެޓްވޯކް ހުއްޓުވަން ސަރުކާރުން ވަނީ ހާއްސަ މަސައްކަތެއް ފަށާފަ އެވެ. އިމިގްރޭޝަނާއި ދިވެހި ފުލުހުން ގުޅިގެން ސިލްސިލާ ގޮތެއްގައި އެ މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

ފުލުހުން ބުނީ އިއްޔެ ވެސް އެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށެވެ. ގަވާއިދާ ހިލާފު ބިދޭސީން ހޯދުމުގެ އޮޕަރޭޝަން ގައި އިއްޔެ ވަނީ ހަތަރު ތަނެއް ބަލާ ފާސްކޮށްފަ އެވެ. އެ ތަންތަނުން 16 ބިދޭސީ އަކު ހިފަހައްޓާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ގޮތަށް އަތުލައިގަނެވޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގެންދަނީ ޑީޕޯޓް ކޮށްލަމުންނެވެ. އެކަމުގައި އެއްވެސް މީހެއްގެ މޫނަށް ނުބަލާނެ ކަމަށް ކަމާގުޅޭ އިދާރާތަކުގެ ވެރީން ވިދާޅުވެ އެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ ކޮންމެ ސަރުކާރަކުން ވަރަށް ހަރު އަޑުން ދައްކާ ވާހަކަ އެކެވެ. އެ މައްސަލަ ހައްލު ވުމަކީ ދިވެހީންގެ އިޖްތިމާއީ / އިގްތިސާދީ ހާލަތަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ކަމެކެވެ. ނަމަވެސް މިހާތަނަށް އެކަށީގެންވާ އެއްވެސް މަސައްކަތެއް ސަރުކާރުތަކުން ކޮށްފައެއް ނުވެ އެވެ.

އެއާ ހިލާފަށް މި ސަރުކާރުން ފެށި މަސައްކަތް ފެންނަނީ ހަރުދަނާ / ނަތީޖާ ނެރެވޭ މަސައްކަތެއްގެ ގޮތުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.