މިނިވަން ޕެރޭޑު ފަސްކޮށްފި، ވެހިކަލް މަނާ ވަގުުތު ކެންސަލް

ޝަރަފުގެ ހިނގާލުން ފަސްވުމާއި ގުޅިގެން ވެހިކަލް މަނާ ވަގުތު ކަނޑައަޅާ ނެރުނު ނޯޓިސް ކެންސަލް ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ސިފައިންގެ ހިނގާލުމެއް

މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޝަރަފުގެ ހިނގާލުން ފަސްކޮށްފި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ބުނީ މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ބޭއްވުމަށް ތާވަލު ކުރެވިފައިވާ ޝަރަފުގެ ހިނގާލުން، މޫސުން ތަންނުދިނުމުގެ ސަބަބުން ފަހުގެ ތާރީހަކަށް ފަސްކުރެވިފައިވާ ކަމަށެވެ.

ކުރީން އޮތްގޮތުން މިއަދު ހަވީރު 4:15 ގައި ޝަރަފުގެ ހިނގާލުން ކުރިއަަށް ގެންދަން އޮތީ ނިންމާފަ އެވެ. އަދި މާދަމާ ހަވީރު ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށެވެ.

ނަމަވެސް ދެން އެ ހަރަކާތް އޮންނާނެ ސީދާ ތާރީހެއް ނުބުނެ އެވެ.

ޝަރަފުގެ ހިނގާލުމަށް ފުރުސަތު ފަހިކޮށްދީ ވީހާވެސް ގިނަ ބަޔަކަށް އާއިލާތަކާއެކު މަގުތަކަށް ނިކުމެ އުފާފާޅުކޮށް ހިނގާލުން ބަލާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިއަދު ހަވީރު ހަތަރަކުން ހަޔަކަށް މާލޭގައި ވެހިކަލް މަނާ ވަގުތެއް ވެސް ސިޓީ ކައުންސިލުން އޮތީ ކަނޑައަޅާފަ އެވެ.

ނަމަވެސް ޝަރަފުގެ ހިނގާލުން ފަސްވުމާއި ގުޅިގެން އެ ނިންމުން ބަދަލުކޮށް ވެހިކަލް މަނާ ވަގުތު ކަނޑައަޅާ ނެރުނު ނޯޓިސް ކެންސަލް ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ރެއިން ފެށިގެން މޫސުން ގޯސް

މުޅި ރާއްޖޭގެ ބޮޑު ބަޔަކާ މާލެ ސަރަހައްދަށް ރެއިން ފެށިގެން މޫސުން ގޯހެވެ. މިހާތަނަށް ތިން ފަހަރެއްގެ މަތީން މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

މިހާރު ވެސް އޮތީ މާލެ ސިޓީ ހިމެނޭހެން ހއ އިން ފެށިގެން ހުވަދޫ އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ. މެޓުން ބުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.