ނޫނުގައި އާރުޓީއެލް ފަށައިފި، އޮގަސްޓް އެކަކާ ހަމައަށް ދަތުރުކުރުން ހިލޭ

ނ. ގައި ބޭނުން ކުރާނީ އެއް ފަހަރާ 50 މީހުންނަށް ދަތުރު ކުރެވޭނެ އެއާ ކޮންޑިޝަން ކޮށްފައިވާ ދެ ލޯންޗެވެ. މި ޒޯންގައި ހަފްތާގެ ހަތް ދުވަހު ތިން ރޫޓެއްގައި ދަތުރުތައް އޮންނާނެ އެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް ޒޯން ދޭއްގެ ނޫނު އަތޮޅުގައި ފެށުން

ރާއްޖެ ޓްރާސްޕޯޓް ލިންކު -- އާރުޓީއެލް ފެރީގެ ހިދުމަތް ޒޯން ދޭއްގެ ނޫނު އަތޮޅުގައި މިއަދު ހަވީރު ފަށައިފި އެވެ.

މި ހިދުމަތް ފެށުމަށް ނޫނުގެ މަނަދޫ ގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. 

އެމްޓީސީސީން ބުނި ގޮތުގައި މިއަދު ފެށި ހިދުމަތް ކުރިއަށް އޮތް ހަފްތާއެއްގައި ދޭނީ ހިލެ އެވެ. އެއީ އޮގަސްޓް ފުރަތަމަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި ދަތުރުކުުރުމަށް ޖާގަ ހޯދުމަށް ގުޅަން ޖެހޭނީ އެ ރަށެއްގެ ކައުންސިލް އިދާރާ އަށެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް ޒޯން ދޭއްގެ ނޫނު އަތޮޅުގައި ފެށުން

ދަތުރުތަކަށް ފައިސާ ނަގަން ފަށާނީ އޮގަސްޓް ދެވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން ކައުންސިލްތަކުން ޖާގަ ދޫކުރުން ހުއްޓާލާނެ އެވެ.

އަދި ޓިކެޓް ނަގަން ޖެހޭނީ އެމްޓީސީސީން އެކަމަށް ހާއްސަކޮށްފައިވާ ޓްރެވަލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށެވެ. 

ނަމަވެސް އެންސްޕާގެ ރަޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް ޒޯން ދޭއްގެ ނޫނު އަތޮޅުގައި ފެށުން

އެމްޓީސީސީން ބުނީ ނޫނު ގައި ބޭނުން ކުރާނީ އެއް ފަހަރާ 50 މީހުންނަށް ދަތުރު ކުރެވޭނެ ދެ ލޯންޗެވެ. މިއީ އެެއާ ކޮންޑިޝަން އުޅަނދުތަކެކެވެ. ދަތުރުތައް ފެށުމުގެ ކުރީން ކައްޕީންނާއި ފަޅުވެރީން ވަނީ ހާއްސަ ތަމްރީނުތަކެއް ހަދާފަ އެވެ.

މި ޒޯންގައި ވެސް ހަފްތާގެ ހަތް ދުވަހު ތިން ރޫޓެއްގައި ދަތުރުތައް އޮންނާނެ އެވެ. 

އާރުޓީއެލް ފެރީގެ ހިދުމަތް މިހާރު ވަނީ ނުވަ އަތޮޅެއްގައި ފަށާފަ އެވެ. އެއީ ހއ، ހދ، ށ، ނ، ޅ، ގއ، ގދ، ފުވައްމުލަކު އަދި އައްޑޫ ސިޓީގަ އެވެ. ބާކީ އޮތް 11 އަތޮޅުގައި ވެސް އެ ހިދުމަތް ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

މި ހިދުމަތަކީ ކުރީގެ ރަައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފެއްޓެވި ހިދުމަތެކެވެ. މިއީ ވަރަށް ބޮޑު ރޭވުންތެރިކަމަކާއި ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ފެށުނު މަސައްކަތެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.