ހުޅުމާލޭގައި ހިންގި ނުރައްކާތެރި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ދެވަނަ މީހާ ވެސް ޝަރީއަތް ނިމެންދެން ބަންދު

އެ މައްސަލާގައި ފުރަތަމަ ހައްޔަރު ކުރީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. ރޭ ހައްޔަރު ކުރީ 23 އަހަރުގެ މީހެކެވެ. ދެ ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.

ހުޅުމާލެ ޕޮލިސް ސްޓޭޝަން

ހުޅުމާލޭގައި ހިނގި ނުރައްކާތެރި މާރާމާރީއަކާ ގުޅިގެން ދެވަނަ މީހަކު ހައްޔަރު ކޮށްފި އެވެ.

މަރާމާރީއާ ގުޅިގެން ރޭ ހައްޔަރު ކުރީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށެވެ.

ހިނގަމުންދާ ޖުލައި މަހުގެ އަށްވަނަ ދުވަހު ހުޅުމާލޭގައި ހިނގި ގުރޫޕު މާރާމާރީގައި ޒުވާނަކަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އޭނާއަށް އައިޖީއެމްއެޗްގައި މިހާރުވެސް އަންނަނީ ފަރުވާދެމުންނެވެ. އެ މާރާމާރީގައި އަނިޔާވި ޒުވާނާގެ ލޯ ދުޅަވެ ބޯ ފަޅައިގެންގޮސްފައިވެ އެވެ. އަދި ސިކުނޑިއަށް ލޭ އެޅި ވަރަށް ބޮޑަށް ހާލު ދެރަވި އެވެ.

އެ މައްސަލާގައި ފުރަތަމަ ހައްޔަރު ކުރީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.

އަނިޔާވި ޒުވާނާގެ އާއިލާއިން ބުނެފައިވަނީ އޭނާގެ ހާލު މިހާރު ރަނގަޅުވަމުންދާ ކަމށެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ސަބަބުން ހިނގުމަށް ދަތިވެފައިވާ ކަމަށް އާއިލާއިން ބުނެ އެވެ. އާއިލާއިންވަނީ އެ މާރާމާރީ ހިނގަން މެދުވެރިވި ސަބަބު ނޭނގުމާއި، މާރާމާރީ ހިންގި ގުރޫޕުން ދެވަނަ ފަހަރަށް އެ ޒުވާނާއަށް ހަމަލާއެއް ދީފާނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.