މަޖިލީސް ރައީސްގެ އަރިހަށް އިންޑިއާ ސަފީރު އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރާއްޖެ-އިންޑިއާ ގުޅުން ރަނގަޅު ކުރެއްވުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދާދި ފަހުން ސަފީރު ވަނީ ރައީސް މުއިއްޒުގެ އަރިހަށް ވެސް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީސް ރައީސްގެ އަރިހަށް އިންޑިއާ ސަފީރު އިހްތިރާމުގެ ޒިޔާރަތެއް ކުރެއްވުން

ރައްޔިތުންގެ މަޖިލީސް ރައީސްގެ އަރިހަށް އިންޑިއާ ސަފީރު އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝްރީ މުނު މަހާވަރް،   ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވާ ކަމަށެވެ.

މިއަދުގެ ބައްދަލްވުމުގެ ތަފްސީލެއް މަޖިލީހުގެ އިދާރާ އިން ނުދެ އެވެ. 

ރައްޔިތުންގެ މަޖިލީސް ރައީސްގެ އަރިހަށް އިންޑިއާ ސަފީރު އިހްތިރާމުގެ ޒިޔާރަތެއް ކުރެއްވުން

މިއަދުގެ ބައްދަލްވުމުގައި މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމާއި މެޖޯރިޓީ ލީޑަރު -- ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖެ-އިންޑިއާ ގުޅުން ރަނގަޅު ކުރެއްވުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދާދި ފަހުން ސަފީރު ވަނީ ރައީސް މުއިއްޒުގެ އަރިހަށް ވެސް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ. މި ބައްދަލްވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކޮށް އިތުރު ހަރުފަތަކަށް ގެންދިއުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީސް ރައީސްގެ އަރިހަށް އިންޑިއާ ސަފީރު އިހްތިރާމުގެ ޒިޔާރަތެއް ކުރެއްވުން

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލި މައްސަލާ ގައި ދެ ގައުމުގެ ގުޅުން ހީނަރުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނެވެ. ނަމަވެސް ދެ ގައުމުން މަޝްވަރާގެ އުސޫލު ހިޔާރުކޮށް އެކަމުގައި އަމަލު ކުުރި ގޮތުން ދެ ގައުމުގެ ގުޅުމަށް ބޮޑު ހީނަރު ކަމެއް އައިސްފަ އެއް ނުވެ އެވެ.

ރައީސް މުއިއްޒާއި ދިވެހި ސަރުކާރުގެ އިސް ވަފުދެއް ވަނީ ބޮޑުވަޒީރު ކަމުގެ އިތުރު ދައުރަކަށް މޯދީ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ދަތުރުފުޅެއް ވެސް ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.