ބަނދަރުގެ ކާގޯ އޮޕަރޭޝަންގައި ސީއީއޯއާއި އިސްވެރިންގެ ލީޑުކުރި ދުވަހެއް

ސީއީއޯ ވަޖީހު އިސްވެ ހުންނަވައި ވަނީ ކާގޯ އޮޕަރޭޝަންގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާފަ އެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހުއާއި އިސްވެރިން ކާގޯ ކްލިއަރެންސް މަސައްކަތުގައި -- އެމްޕީއެލް

މާލެ ވިޔަފާރި ބަނދަރުގައި އެންމެ ބުރަކޮށް މަސައްކަތް ކުރާ އެއް ބަޔަކީ ޕޯޓް ކާގޯ އޮޕަރޭޝަންސްގެ ޓީމެވެ. ބަނދަަރަށް ބޯޓެއް ކައިރިކުރާ ހިސާބުން ފެށިގެން އަމަލީ ގޮތުން އެ މުވައްޒަފުން ކުރާ މަސައްކަތަކީ ބުރަ ބޮޑު މަސައްކަތެކެވެ. 

މި މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމާއި މެނޭޖްމަންޓާއި މުވައްޒަފުންނާއި ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން ސީއީއޯ މުހައްމަދު ވަޖީހު އިސްވެ ހުންނަވައި އިސްވެރިންނާއެކު މިއަދު ވަނީ އެ އޮޕަރޭޝަން ގައި މަސައްކަތް ކުރައްވާފަ އެވެ.

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމާއި ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ އިސްވެރިން މިއަދު ވަނީ މާލޭ ވިޔަފާރި ބަނދަރަށް ވަޑައިގަތް، ޕޯޓުގެ ކާގޯ އޮޕަރޭޝަންސްތަކުގެ އެކި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފަ އެވެ.

ސީއީއޯ ވަޖީހް ވިދާޅުވި ގޮތުގައި މިއަދު ކުންފުނީގެ އިސްވެރިންނާއެކު ފެއްޓެވި މި ޕްރޮގްރާމުން ކުންފުނީގެ ހުރިހާ ވެރިންނަށް ޕޯޓް އޮޕަރޭޝަންސްގެ މަސައްކަތުގެ މާހައުލުގައި ހުރި އުނދަގޫތައް ފެނި، އެ މައްސަލަތަކަށް ހައްލު ހޯފާނެ ގޮތްތައް ދެނެގަތުމަށް ފަސޭހަވާނެ އެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހުއާއި އިސްވެރިން ކާގޯ ކްލިއަރެންސް މަސައްކަތުގައި

"މީގެ އަނެއް ބޭނުމަކީ ބައެއްފަހަރު މުވައްޒަފުން ބަލިވުމާއި ޗުއްޓީ ނެގުމާއި ސަލާމް ބުނުމާއި ގުޅިގެން ކާގޯ އޮޕަރޭޝަންސްގެ މުވައްޒަފުން މަދުވާ ހާލަތެއްގައި އެހެން ދިމަ ދިމާތަކުން [އެހެން ޑިޕާޓްމަންޓްތަކުން] މުވައްޒަފުން ގެނެސްގެންވެސް މަސައްކަތަށް [ބޭނުންވާ އަދަދަށް މުވައްޒަފުން] ފިލް ކޮށްލުން. އެހެންކަމުން އަޅުގަނޑު މި ޔަގީންކުރަނީ ކުންފުނީގެ ކާގޯ އޮޕަރޭޝަންސް މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މި ޕްރޮގްރާމާއި އެކު މުވައްޒަފުން މަދު ނުވާނެ ކަމަށް،" ސީއީއޯ ވަޖީހް ވިދާޅުވި އެވެ.

ސީއީއޯ ވިދާޅުވީ އެމްޕީއެލްގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ ކާގޯ އޮޕަރޭޝަންސްގެ މަސައްކަތްތަކުގެ އަމަލީ ތަޖުރިބާ ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް ހޯދަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް ކާގޯ އޮޕަރޭޝަންސްގެ އަމަލީ ތަޖުރިބާ ހޯދާ ޕްރޮގްރާމް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.