ޔޫރަޕަށް އުދުހެން ފަށަން ގައުމީ އެއާލައިން ބޯޓެއް ގަންނަން މާދަމާ ހަވާލު ކުރަނީ

އަލަށް ގެންނަނީ އެއާބަސް 330-200 މަރުކާގެ ބޯޓެވެ. މި ބޯޓް ގެނެސް ދަތުރުތައް ފަށަން ނިންމާފައިވަނީ ސެޕްޓެމްބަރު މަހު އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓެއް ވީއައިއޭގައި

ޔޫރަޕާއި ދުނިޔޭގެ އެކި މަންޒިލްތަކަށް އުދުހެވޭ ވަރުގެ ބޮޑު ބޯޓެއް ގައުމީ އެއާލައިން ގެންނަން މާދަމާ ބޭރުގެ ކުންފުންޏަކާއެކު ސޮއިކުރާނެ އެވެ. 

"ދަ" މިރާ އަށް އެނގިފައިވާ ގޮތުގައި ޔޫރަޕާއި ދުރު މަންޒިލްތަކަށް އުދުހެވޭ ވަރުގެ އެއާބަސް އޭ 330-200 މަރުކާގެ ބޯޓެއް ހޯދަން ހަވާލުކުރަނީ ދުނިޔޭގެ ބޮޑެތި އެއާލައިންތަކަށް ބޯޓު ފޯރުކޮށް ދިނުމުގައި މަޝްރޫއު ކުންފުންޏަކާއެކުގަ އެވެ. މި ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު ވީއައިއޭ އިންޓަނޭޝަނަލް ސީޕްލޭން ޓާމިނަލްގަ އެވެ. 

މޯލްޑިވިއަން އިން ގެންނަން ހަވާލު ކުރާ ބޯޓުގައި 250-290 ޝީޓް ހުންނާނެ އެވެ. ގައުމީ އެއާލައިން އިން ކުރިން ބުނީ ގެންނަ ބޯޓުން މި އަހަރުގެ ސެޕްޓެމްބަރު މަހު ދަތުރުތައް ފަށާނެ ކަމަށެވެ. 

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި އަލަށް ގެންނަ ބޯޓާއެކު ވަނީ ޗައިނާގެ ފަސް ސިޓީއަކާއި ޔޫރަޕުގެ ބައެއް މަންޒިލްތަކަށް އުދުހުންތައް އިތުރު ކުރާނެ އެވެ. 

ގައުމީ އެއާލައިން - އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގައި އުފެދިފައިވަނީ 2000 ވަނަ އަހަރު އެވެ. ދެ ބޯޓާއެކު ފެށި މި ކުންފުނީގައި މިހާރު ޖުމްލަ 25 ބޯޓު އެބައޮތެވެ. މީގެތެރޭގައި ދެ އޭޓީއާރާއި ޑޭޝް އަށެއް މަރުކާގެ ބޯޓު ފަހަރުވެސް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.