"ގަވައިދު ބަދަލުކުރީ ކުރާނެ މަސައްކަތެއް ނެތިގެން އުޅެން ނުޖެހޭގޮތަށް"

އެ މަނިކުފާނު ވިދާޅުވީ އެގޮތަށް ބަދަލު ގެނައި ބޭނުމަކީ ތަޅުމުގައި ބަހުސް ނިންމާލައި ކޮމިޓިއަށް ފޮނުވާ ބިލު، ދިރާސާ ކުރުމަށް ހޭދަވާ މުއްދަތުގެ ތެރޭގައިވެސް ތަޅުމުގައި މަސައްކަތްކުރާނެ ފުރުސަތު ހޯދައިދޭށެވެ.

މަޖިލިސް ރައީސް ޕީއެސްއެމަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ޕީއެސްއެމް

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތިގެން އުޅެން ނުޖެހޭނެ ގޮތަށް މަޖިލީހުގެ ކަންކަން ބަދަލު ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑީއާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ބިލްތަކާގުޅިގެން މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުން އަމަލުކުރަމުން އައީ ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށް ފަހު، އެ ބިލެއްގެ ބަހުސް ތިން ދުވަސް ފަހުން ބާއްވާ ގޮތަށެވެ. އެހެން މަޖިލީހަށް ހުށައެޅޭ ބިލަކަށް އެންމެ އަވަހަށް ވެސް ބަހުސް ފެށޭނީ ތިން ދުވަސް ފަހުންނެވެ. އެހެން އޮތުމުން މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރާނެ ބިލެއް ނެތި މަޖިލީހުގެ މަސައްކަތްތައް މަޑުޖޭ ކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.

ދެން އެ މަނިކުފާނު ވިދާޅުވީ 20 ވަނަ މަޖިލީހުގެ ގަވާއިދުން ވަނީ އެކަމަށް ހައްލު ހޯދައި މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތްތައް އަބަދުވެސް ހުންނާނެ ގޮތަށް ބަދަލު ކޮށްފައި ކަމަށެވެ. އަދި ވިދާޅުވީ ކުރިން ބައެއްފަހަރު މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތި ޖަލްސާ ނުބޭއްވިވެސް ދާ ކަމަށެވެ.

"... މިއަދު ބިލެއް އައީ. މާދަމާއަށް އެޖެންޑާކުރީ. މާދަމާ ފުރަތަމަ އެޖެންޑާ ކުރަން މިޖެހެނީ ފުރަތަމަ ކިޔުން އިއްވުން. މިހާރު އޮންނަގޮތުން އެބަޖެހޭ ސާފު ތިން ދުވަސް ދޭން އޭގެ ބަހުސަށް ދިއުމާ ދޭތެރޭ... އަލަށް ގެނައި ބަދަލުތަކުގެ ތެރޭގަ ހިމެނޭނެ ފުރަތަމަ ކިޔުން އިއްވާފަ ޖެހިގެން އަންނަ ދުވަހުވެސް އެ ބިލަށް ބަހުސް ކުރެވޭ ގޮތް. އެހެން ހެދީމަ މަޖިލީހުގެ ތަޅުމުގައި އަބަދުވެސް ކުރާނެ މަސައްކަތް ހުންނާނެ." އަބްދުއްރަޙީމް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެގޮތަށް ބަދަލު ގެނައި ބޭނުމަކީ ތަޅުމުގައި ބަހުސް ނިންމާލައި ކޮމިޓިއަށް ފޮނުވާ ބިލު، ދިރާސާ ކުރުމަށް ހޭދަވާ މުއްދަތުގެ ތެރޭގައިވެސް ތަޅުމުގައި މަސައްކަތްކުރާނެ ފުރުސަތު ހޯދައިދޭށެވެ.

މީގެ އިތުރުން މަޖިލީހުގެ މެންބަރުންގެ އަރިހުގައި އެއާޕޯޓުން ފުރާވަޑައިގަންނަވާ ކޮންމެ މީހަކަށް ވިއައިޕީ ހިދުމަތް ލިބޭ ގޮތަށް އޮތް އޮތުމަށް އިޝާރާތް ކުރައްވާ ވިދާޅުވީ މަޖިލީހުގެ މެންބަރުންނާއެކު ފުރާވަޑައިގަންނަވާ ކޮންމެ މީހަކަށް ވީއައިޕީ ޚިދުމަތް ދޭން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައި އޮތް ކަމަށެވެ. އެ ނިންމުން މި މަޖިލީހުގައި ވެސް ތަންފީޒު ކުރުމަށް އާންމު ކޮމިޓީން ފުރަތަމަ ނިންމެވުމުން އެކަން ބަދަލު ކުރިވިކަމަށެވެ.

"އަޅުގަނޑަށް އެކަން އެނގުނު ހިސާބުން ޢާންމު ކޮމިޓީގެ މުގައްރިރަށް ދެނެންނެވިން އެއްގޮތަކަށްވެސް ތިކަން އެގޮތަށް ކޮށްގެން ނުވާނޭ. އެއީ ކުރީ މަޖިލީހުގައި ނިންމި ކަންކަން އަޅުގަނޑުމެން ކޮންމެހެން ތަންފީޒު ކުރާކަށް ނުޖެހެއޭ. އެހެންވީމަ އަލުން ތި ބަދަލު ކުރައްވާށޭ. އެހެންވީމަ ހަމަ އެރޭން އެރެއަށް އަޅުގަނޑުމެން ކޮމިޓި ބާއްވާފައި އޮންނާނީ އެކަން ބަދަލު ކޮށްފައި." 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.