ގަނެވިއްކުން ފިޔަވައި އެހެން ސިނާއަތްތައް އަންނަ ކުއާޓަރުގައި ރަނގަޅުވާނެ

އެމްއެމްއޭގެ ދިރާސާ ދައްކާ ގޮތުގައި މި ހިނގާ ދެވަނަ ކުއާޓަރުގައި މައިގަނޑު ހުރިހާ ސިނާއަތްތަކެއްވެސް ވަނީ ދަށްވެފަ އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ

ހޯލް ސޭލް ރިޓެއިލް ވިޔަފާރި - ގަނެވިއްކުން ފިޔަވައި އެހެން ސިނާއަތްތައް ކުރިއަށް އޮތް ކުއާޓަރުގައި ރަނގަޅުވާނެ ކަމަށް މަރުކަޒީ ބޭންކުން އަންދާޒާކޮށްފި އެވެ. 

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ޖޫން 25 އިން ޖުލައި 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިދިޔަ ދެވަނަ ކުއާޓަރުގައި ސިނާއަތްތަކުގެ އިގްތިސޯދީ ދިރާސާ ނުވަތަ ކުއާޓަލީ އިކޮނޮމިކް ބުލެޓިން (ކިއުބީއެސް) ދައްކާ ގޮތުގައި ހޯލްސޭލް އަދި ރިޓެއިލް ވިޔަފާރި ހިމެނޭ ބައިނޫން އެހެން ދާއިރާތަކުން އަންނަ ކުއާޓަރުގައި ވިޔަފާރި ރަނގަޅުވެގެންދާނެ އެވެ. 

ސާވޭގައި ޓޫރިޒަމް ސިނާއަތާއި ހޯލްސޭލް އަދި ރިޓެއިލް ވިޔަފާރިތަކުގެ އިތުރުން ކޮމިއުނިކޭޝަން އާއި އިމާރާތް ކުރުމުގެ ދާއިރާއިން 118 ކުންފުންޏަކުން ބައިވެރިވެފައިވެ އެވެ. 

ސާވޭގައި ބައިވެރިވި ޓޫރިޒަމް ދާއިރާ އާއި އިމާރާތް ކުރުމުގެ ދާއިރާގެ ވިޔަފާރިތަކުން ބުނެފައިވާ ގޮތުގައި މި ކުއާޓަރުގައި މުވައްޒަފުންގެ އަދަދު މަދުވެ، ވިޔަފާރި ވަނީ ހީނަރުވެފަ އެވެ. މުވައްޒަފުންގެ އަދަދު މި ދެ ސިނާއަތުގައި ދަށްވިނަމަވެސް
ދަތުރުފަތުރާއި މުވާސަލާތީ ދާއިރާ އިން އަލަށް ވަޒީފާ އަށް ނެގޭ މީހުންގެ އަދަދު ފާހަގަކޮށްލެވޭ އިތުރުވުމެއް އައިސްފައިވާ ކަމަށް ބުނެފައިވެ އެވެ. 

ޓޫރިޒަމް ސިނާއަތުގެ ފަރާތުން ސާވޭގައި ބައިވެރިވި ވިޔަފާރިތަކުން ބުނެފައިވާ ގޮތުގައި ޓޫރިޒަމްގެ އޮފް ޕީކް ސީޒަން (މެއި-ޖުލައި ނިމުމުން މި ހާލަތު ބަދަލުވާނެ ކަމަށް ބެލެވެ އެވެ. މިގޮތުން ރޫމްރެޓް މަތިވުމާއި މިފަދަ ހެޔޮ ބަދަލުތަކެއް އަންނާނެ އެވެ.

ސާވޭގައި ބައިވެރިވި ހޯލްސޭލް އަދި ރިޓެއިލް ވިޔަފާރިތަކުން ގަބޫލު ކުރާ ގޮތުގައި ކުރިއަށް އޮތް ތަނުގައި އަގުތައް ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.