ވެހިކަލް ވިއްކަން ދެން ގެނެވޭނީ ގުދަން ދައްކާފައި، މަގުމަތީ ނުބެހެއްޓޭނެ

މާލޭގެ މަގުމައްޗަކީ އޮޓޯމޮބައިލް ވިޔަފާރިތަކުން ގުދަންކުރާ ތަނެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

ވިއްކުމަށް ވެހިކަލް އިމްޕޯޓްކުރާ ފަރާތްތަކުން ގެންނަ ވެހިކަލު ވިއްކުމާއި ހަމަޔަށް ގުދަންކޮށްފައި ބާއްވާނެ އިންތިޒާމު ހަމަޖެހިފައިވޭތޯ ކަށަވަރު ކުރަންޖެހޭ ގޮތަށް އުސޫލު ބަދަލު ކުރަން ނިންމައިފި އެވެ.

ރޭ އޮތް ގްރޭޓާ މާލެ މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަމަށް، "މާލެ ފަހި" ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ގައި ޓްރާސްޕޯޓް މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގެ މަގުތަކުގެ ތަރުތީބާ ރައްޔިތުންގެ ފަސޭހަ މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ.

އެއްކަމަށް ފާހަގަ ކުރެއްވީ ވިއްކަން ވެހިކަލްތައް ގެނެވޭނީ ގުދަން ދައްކާފައި ކަމަަށް ބަދަލު ކުރުމެވެ. މިނިސްޓަރު ވިދާޅުވީ ވިޔަފާރި އުސޫލުން ވިއްކުމަށް ވެހިކަލް އިމްޕޯޓްކުރާ ފަރާތްތަކުން ގެންނަ ވެހިކަލު ވިއްކުމާއި ހަމަޔަށް ގުދަންކޮށްފައި ބާއްވާނެ އިންތިޒާމު ހަމަޖެހިފައިވޭތޯ ކަށަވަރު ކުރަންޖެހޭ ގޮތަށް ބަދަލުގެންނަވާނެ ކަމަަށެވެ.

މާލޭގެ މަގުމައްޗަކީ އޮޓޯމޮބައިލް ވިޔަފާރިތަކުން ގުދަންކުރާ ތަނެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެނެވޭނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެ އެތެރެކުރެވޭ އުޅަނދުތަކަކީ އެތެރެކުރެވޭ މަރުހަލާތަކުގައި އުޅަނދެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ނެތުމުގެ ސަބަބުން ކޮންމެ ހާލެއްގައި އޮންނަ ދުއްވާ އުޅަނދެއް ވެސް އުސޫލެއް ނެތި ރާއްޖެ އެތެރެކުރަމުންދާ ކަން ފާހަގަ ކުރެއްވި އެވެ. މިގޮތަށް އެތެރެކުރާ ގިނަ އުޅަނދުތައް ރެޖިސްޓ_ ނުކޮށް މާލޭގެ މަގުތައް މަތީގައި ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުންނަ ކަމަށާ މިފަދަ އުޅަނދުތައް ހުރި އަދަދު ދެނެގަތުމަށް ކުރި ސަރވޭތަކުން ދައްކާ ގޮތުގައި މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި 1000 އަށްވުރެ ގިނަ އުޅަނދު ބަހައްޓާފައިވާކަން ފާހަގަކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުމުރަށް ނުފެތޭ އެއްގަމު އުޅަނދެއް، ރޯޑް ވެހިކަލެއްގެ ގޮތުގައި ރާއްޖެ އެތެރެކުރުން މަނާކުރެވޭނެ ގޮތަށާއި އަދި ގަރާޖު ނުވަތަ ގުދަން ކުރެވޭނެ ފެސިލިޓީއެއް އޮތުމުން ނޫނިއްޔާ އިމްޕޯޓް ނުކުރެވޭނެ ގޮތަށް ޤާނޫނު އިސްލާހުކުރުމަށް ނިންމާފައި ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.