ތިމާވެއްޓާ ރަހުމަތްތެރި ކާރުތަކާއެކު ޓެކްސީގެ ހިދުމަތް ފަށަނީ

މި އުޅަނދުތައް ދުއްވާނީ ދިވެހިންނެވެ. މި އުޅަނދުތައް ވެގެންދާނީ ތިމާވެއްޓާ ރަހުމަތްތެރި އުޅަނދު ތަކަށެވެ.

މާލޭގައި ދުއްވާ ޓެކްސީއެއް -- ފައިލް ފޮޓޯ

އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ދެމުން ގެންދާ ފަދަ ޒަމާނީ، ތިމާވެއްޓާ ރަހުމަތްތެރި ޕަބްލިކް ޓްރާންސްޕޯޓް ޓެކްސީ ލައިނެއް ސަރުކާރުން ތައާރަފު ކުރަން ނިންމައިފި އެެވެ.

ގްރޭޓާ މާލެ ސަރަހައްދުގައި ފަށާ އިލެކްޓްރިކް ހަކަތައިގެ ބޮޑު ބައެއް ބޭނުންކޮށްގެން ދުއްވާ މި ޓެކްސީ ލައިން ތައާރަފު ކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ އެވެ. މިކަން ރަސްމީކޮށް އިއުލާނުކުރީ މާލޭގެ މަގުތަކުގައި ހުރި ގިނަ މައްސަލަތަކެއް ހައްލުކޮށް ހަމަ މަގަށް އަޅުން ފެށި "މާލެ ފަހި" ޕްރޮގްރާމް އިފުތިތާހު ކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.  

"މިރާ" އަށް އެނގިފައިވާ ގޮތުގައި މި ޓެކްސީގެ ހިދުމަތް ފަށާނީ ޒަމާނީ ޓެކްސީގެ ހިދުމަތުގެ ވިއުގައެއް ގާއިމްކޮށްފައިވާ ގައުމެއްގެ ކުންފުންޏަކުންނެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ޓެކްސީ ދުއްވާނީ ފްރީލާންސް އުސޫލުން މިކަން ކުރަން ނުކުންނަ ޒުވާނުންނެވެ. އަދި ޓެކްސީ ތަކަކީ އެކަމަށް ހާއްސަ މޮބައިލް އެޕްލިކޭޝަން އަކުން ކޮންޓްރޯލް ކުރާ އެއްޗަކަށް ވެގެންދާނެ އެވެ. މި ޓެކްސީ ތަކަކީ އިލެކްޓްރިން ހަކަތަ 25 ޕަސެންޓް ބޭނުން ކުރާ އުޅަނދު ތަކަށްވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.